ދިވެހި ސަރުކާރުގެ ކުންފުންޏެއްކަމަށްވާ މިފްކޯއިން މަސްވެރިންނަށް ވިއްކަމުންދާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.
މިފްކޯއިންވަނީ 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް އެ ކުންފުނިން މަސްވެރިންނަށް ފޯރުކޮށްދޭ ތެލުގެ އަގު ބޮޑުކޮށްފައެވެ. އެގޮތުން މާޗްމަހުގެ ތެރޭގައި އެ ކުންފުނިން މަސްވެރިންނަށް ޑީސަލް ވިއްކާފައިވަނީ ލީޓަރެއް 14.44 ރުފިޔާއަށް ކަމަށްވާއިރު، އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 17.10 ރުފިޔާއަށެވެ.
މިފްކޯއިން އާންމުކޮށްފައިވާގޮތުން، މިހާރު އެ ކުންފުނިން މަސްވެރިންނަށް ޑީސެލް ވިއްކާނީ 17.63 ރުފިޔާއަށެވެ އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 22.66 ރުފިޔާއަށް ކަމަށް މިފްކޯއިން ބުނެފަވެއެވެ.
މިފްކޯއިން ވިއްކާ ޑީސަލްގެ އަގުތައް ބޮޑުކޮށްފައިވާކަމަށް އާންމުކުރި އިރު، އެކުންފުންޏަށް ތެޔޮ ސަޕްލައިކޮށްދޭ، އެސްޓީއޯއިންވަނީ، އެ ކުންފުނީގެ އައުޓްލެޓެއްކަމަށްވާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެވެސް އަގުތައް ބޮޑުކޮށްފައެވެ. އެގޮތުން އެފްއެސްއެމްއިން ޑީސަލް ލީޓަރެއް ވިއްކުމަށް ކަންޑައަޅާފައިވަނީ، 16.77 ރުފިޔާއަށެވެ.

