ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރާނަމަ މުގުލުގަ ހިފަހަށްޓަން ޖެހޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިފާ ހައްޔަރު ކުރާނަމަ އެކަން ވިޔަ ނުދިުމަށްޓަކައި މުގުލު ހުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ އެއްވެސް މައްސަލައެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހަށް ހާޒިރުކުރާނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް މަޖިލީހުން ފޮނުވި މި ސިޓީއާއި ގުޅިގެން އާންމު ފަރާތަކުން ވަނީ މެމްބަރުން ހައްޔަރު ކުުރުމުގެ ކުރިން މަޖިލީހަށް އެންގުމަކީ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގައި ބާރުތައް އެއްކޮށްލުން ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އެގޮތުން މަޖިލީޙުގެ މެމްބަރުން ހައްޔަރު ކުރުމުގެ ކުރިން މަޖިލީހަށް އެންގުމަށް ރައީސް ނަޝީދު އެދިވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ ”އާސްކް ސްޕީކަރ ޕްރޮގުރާމުގައި އާންމު ފަރާތަކުން ވަނީ ރައީސް ނަޝީދާއި ސުވާލު ކުރައްވާފައެވެ.

ސުވާލަށް ޖަވާބް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ތުހުމަތުތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމަކީ ރާއްޖޭގައި ވަރަށް ގިނައިން ހިނަމުން އަންނަ ކަމެއް ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށްގެން ގެންގޮސް ޖަލަށްލުން ނިމުމަކަށް ގެނައުމަށް ގާނޫނުތަކުގައި މާއްދާތަކެއް ހިމެނިފައިވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއާއި މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒާއި ބާރުތަކުގެ ގާނޫނުގައި މެމްބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ދީފައިވާކަން ރައީސް ނަޝީދު  ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހެއްކާއި ގަރީނާ ހުރެގެން މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރާކަން މަޖިލީހަށް އެނގިފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަމުގައި ވެސް މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރާނަމަ މަޖިލީހަށް އެންގުމަށް އެދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ފަދަ ދައުލަތުގެ މުއައްސަސާއެއްގެ މެމްބަރުން އެކަކަށް ފަހު އަނެކަކު ހިފާ ހައްޔަރު ކޮށްގެން ގެންދާނަމަ މަގުލުގައި ހިފެހެއްޓުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ. ހާއްސަކޮށް މަޖިލީހުގެ ބައެއް މެމްބަރުން ބަދައަހުލާގީ އަމަލަު ހިންގި ކަމަށް ތުހުމަތު ކުރެވޭ ފޮޓޫތަކާއި ވީޑިއޯތައް ދައުރުވަމުންދާއިރު އެ ފޮޓޯތަކާއި ވީޑިއޯތަކުގެ ސައްކަން ކަށްވަރު ނުވާނަމަ މެމްބަރުން ހައްޔަރު ކުރުމަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތު ކުރެވޭއިރު ހައްޔަރު ކޮށްގެން ގެންދާނީ އެންމެ މެމްބަރެއް ނޫން ކަމަށާއި އެހެން ކަމުން ތުހުމަތު ކުރެވޭ ކޮންމެ މެމްބަރަކު ހައްޔަރު ކުރަން ޖެހޭނެ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެނަމަ އެ ހުޅުވިގެން ދަނީ ބޭނުން ގޮތަކަށް މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރެވޭނެ ދޮރެއް ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ މެމްބަރުން ހައްޔަރު ކުރުމުގެ ކުރިން މަޖިލީހަސް އެންގުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުން ހައްުަރު ކުރުމުގެ ކުރިން ،މަޖިޅިހުގެ ރައީސްއަށް އަންގަން އެދި ފޮނުވި ސިޓީއާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މަޖިލީހުގެ މެމްބަރުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުގެ ކުރިން އަންގުމަށް އެދި މަޖިލީހުން ކޮށްފައި ވަނީ ރިކުއެސްޓެއް ކަމަށާއި އެއީ އަމުރެއް ނޫން ކަމަށެވެ.

ރިޔާޒް ވިދާޅުވީ މަޖިލީހުގެ އެ ސިޓީއާއި ގުޅިގެން ވަކި ގޮތަކަށް އަމަލު ކުރުމަށް ފުލުހުންގެ ތަހުގީގު ޓީމްތަކަށް ވެސް އަންގާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ކަހަލަ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ފުލުހުންގެ ތަހުގީގުތަކަށް ހާޒިރު ކުރުމުގެ ކުރިން އެންގުމަކީ ބައެއް ގާނޫނުތަކުގައި ވެސް އަދި ފުލުހުންގެ އެތެރޭގައި ހަމަޖެހިފައިވާ އުސޫލްތަކުން ވެސް ކަނޑައަޅި ހަމަޖެހިފައިވާ އުސޫލްތަކެއް ކަމަށާއި ނަމަވެސް އެއީ ލާޒިމް ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ތެރެއިން ފުރަތަމަ ވީޑިއޯގައި ފެންނަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިހާރު ވަނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ.

އެ ފަހުން މެންބަރު ހުސައިން (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ އެފަދަ ފޮޓޯއެއް ވަނީ އާންމުވެފައެވެ. އެމްޑީޕީގެ ގައުމީ މަޖިލީސް މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ފޮނުއްވި މެސެޖްތަކެއްގައި ނަޝީދު ވަނީ މެންބަރު ހުސައިންނާއި މެންބަރު ސަލީމަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ނިކުންނަވާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: