ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒުމަކަށްވާންވީ ހިތްސާފުކޮށް އެކުވެރިކަން މަތީގައި ދެމިތިބުމަށް: ރައީސް ސާލިހު

ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވާހަކަފުޅުދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އީދުގެ އުފާ ފާޅުކުރާއިރު، މިއަދު އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީ ދެމިތިބުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެެއްޖެއެވެ.

އީދު ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައި ރައީސް ވިދާޅުވީ މިފަދަ ކޮންމެ މުނާސަބަތަކީ އަޅުގަނޑުމެން އެތައް އިބްރަތްތަކެއް ލިބިގެނެ ދެދުނިޔޭގެ ކާމިޔާބީ ހާސިލްކުރުމަށް އަޅުގަނޑަށް ދެއްވާފައިވާ ވަރަށް މަތިވެރި ފުރުސަތެއްކަމުގައެވެ.

އެމަނިކުފާނުގެ ހިތާބުގައި ހައްޖުގެ މަތިވެރި އަޅުކަމާއި ވިދިގެން އަޟްހާ އީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން ހައްޖުގެ އަޅުކަމާ ގުޅިފައިވާ އިބްރަތްތެރި ފިލާވަޅުތަކުން އިލްހާމް ލިބިގަންނަން ޖެހޭ ކަމުގައި ވަނީ ވިދާޅުވެފައެވެ.

ނަފްސު ތާހިރު ކުރުމާއި މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި ދަތިތަކާއި މުސީބާތްތަކަށް ކެތްތެރިވުމަކީ ހައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށާއި، މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ގައުމީ އަދި އިޖްތިމާޢީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މި ބަރަކާތްތެރި ޢީދުގެ އުފާ ފާޅުކުރާއިރު، އެކަކު އަނެކަކަށް އެހީތެރިވެ ޢީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުޢާކުރުމަކީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ ހަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން ޔަގީންވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ގެ ހިތާބު ނިންމަވާލައްވާފައި ވަނީ، މި ބަރަކާތްތެރި ޢީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ މެދުގައި ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަސްލަޙަތަށްވުރެ ،ގައުމުގެ މަސްލަޙަތަށް އިސްކަން ދިނުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: