ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔަޅަށް މޭބިސްކަދުރު ހުތްވުން: ސާލިހު އަދި ނަޝީދަށް މިނިވަން ނޫސްވެރިކަން ހަޖަމު ނުވުން!

ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު—
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތަސްދީގު ކުރައްވާފައިވާ ހެއްކާއި ބެހޭ ގާނޫނު، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފުވާކަމަށް، ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަލަށް ތަސްދީގުކުރެއްވި ހެއްކާއި ބެހޭ ގާނޫނުގެ ދަށުން، ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް، މަޖުބޫރުވެގެންދާނެކަމަށް ފާހަގަކޮށް، އެ މަނިކުފާނަށް ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މަލީހު ވިދާޅުވީ، ހެއްކާއި ބެހޭ ގާނޫނު، ދިވެހިރާއްޖޭގެ ގާނޫނޫ އަސާސީގެ 16 ވަނަ މާއްދާއާއި ހިލާފު ވާކަމަށެވެ. އަދި އެ ގާނޫނު، ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ މިނިވަން ނޫސްވެރިކަމުގެ ހައްގަށްވެސް ހުރަސްއަޅާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ހެއްކާއި ބެހޭ ގާނޫނުގެ ސަބަބުން، ނޫސްވެރިކަމުގެ ބޮޑު ތަޅުއެޅުވިގެންދާފަދަ ގޮތަކަށް ސިފަ ކުރައްވާ، މަލީހު ވިދާޅުވީ، ހިޔަޅަށް މޭބިސްކަދުރު ހުތްވި ފަދައިން ރައީސް ސާލިހު އަދި ރައީސް ނަޝީދަށްވެސް މިނިވަން ނޫސްވެރިކަން މިހާރު ހަޖަމު ނުވާކަމަށެވެ. އަދި ރައީސް ސާލިހާއި، ނަޝީދުވެސް އިސްތިއުފާދެއްވަން އެނާ ގޮވާލިއެވެ.

ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައިވާގޮތުން، ގާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް، ހިފެހެއްޓޭނީ ގާނޫނު އަސާސީ އައީ ތައާސުރުނުވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. އެހެން ނަމަވެސް، މަޖިލީހުން ފާސްކުރާ ގާނޫނަކުންވެސް، އެއިން އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓޭނީ، މިނިވަން ދީމިޤްރާޠީ މުޖުތަމައެއްގައި، އެފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލު ކުރެވޭ މިންވަރަކަށް ކަމަށެވެ.

ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ވާގޮތުގުން، ނޫސްވެރިކަން ކުރުމާއި، މުއަސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި، ފެންނަ ގޮތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. އަދި ޝާއިއު ކުރާ، ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތުގެ، މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ރައީސް ސާލިހަށާއި، ރައީސް ނަޝީދަށްވެސް ނޫސްވެރިކަން ހަޖަމު ނުކުރެވޭކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މަލީހު ފާހަގަކުރެއްވިއިރު، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްވެސް ވަނީ ހެއްކާއި ބެހޭ ގާނޫނު ތަސްދީގު ކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިއެވެ. އެގޮތުން އެނާ ވިދާޅުވީ، މިހާރު މި ކަޑައްތު ކުރަނީ ނޫސްވެރިކަމަށް ކަޅު ދުވަސްތަކެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން 70ގެ އަހަރުތަކުގެ ތެރެއަށް ދިވެހިރާއްޖޭ ސޮއްސާލައިފިކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: