ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރައަށް އައި ހެޔޮ ބަދަލު ދަރިވަރުންނަށް ކިޔަވާދިނުމުގައި ފެނިގެން ދިޔުން އެދެން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ. ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުދައްރިސުންގެ މުސާރައިގެ އޮނިގަނޑަށް އައި ހެޔޮބަދަލު ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން ފެނިގެން ދިޔުން އެދޭކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދަރިވަރުންގެ ދިރާސީ އައު އަހަރު މިއަދު ފެށިގެން ގޮސްފައިވާއިރު، ދިރާސީ އައު އަހަރުގެ ތަހުނިޔާ ފޮނުވުމަށް މިނިސްޓަރު ނެރެފައިވާ ޚިތާބުގައި ވިދާޅުވެފައި ވަނީ ޤައުމު ބިނާ ކުރުމުގައި މުދައްރިސުން އަދާކުރައްވާ ދައުރު ސަރުކާރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށާއި އެކަން ރަމްޒުކޮށްދޭ އެއްކަމަކީ މިދިޔަ މޭ މަހުން ފެށިގެން މުދައްރިސުންގެ މުސާރައަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގެނެސްދެއްވި ބޮޑޫ ކުރިއެރުން ކަމަށާއި މުސާރައަށް އައި ހެޔޮބަދަލު ދަރިވަރުންނަށް ކިޔަވއިދިމުގައި ބަހައްްޓަވާ ފަރުވާތެރިކަމުން ފެނިގެން ދިޔުން އެދޭ ކަމަށް މިނިސްޓަރުގެ ޚިތާބުގައި ވެއެވެ.

މީގެ އިތުރުން، ކުރަމުންދާ މަސައްކަތަކީ މުޅި ޤައުމުގެ އެތައް ޖީލަކަށް އެކަމުގެ އަސަރު ފޯރާނެ ކަމެއްކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މުދައްރިސުންގެ ބޮލުގައި އެޅިފައިވަނީ ވަރަށްވެސް ބޮޑު ޒިންމާއެއްކަމަށާއި އެ ޒިންމާ އަދާކުރުމުގައި އިޚްލާސްތެރި ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ ގައްޤުތައް ރައްކާތެރުކުރާ ބަޔަކަށްވުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ތަޢުލީމީ ނިޒާމް ކުރިއަށްގެނމްދިޔުމުގައި ރައީސް ދެއްވަވާ އިރުޝާދާއި ބަހައްޓަވާ ސަމާލުކަމަށް މިނިސްޓަރު ވަނީ ޝުކުރުއަދާކޮށްފައެވެ.

މުދައްރިސުންގެ މުސާރާގެ އޮނިގަނޑަށް ބޮޑު ކުރިއެރުންތަކެއް ރައީސް ޞޯލިހު ގެނެސްދެއްވީ މި އަހަރުގެ މޭ މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: