ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގެ ފަރަށް އެރި ޕްލެޓްފޯމް ފުންކޮށްފި، ފަރަށް ލިބުނު ގެއްލުމުގެ ސާވޭއެއް ހަދަނީ!

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނަގާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަމުން އަންނަނިކޮށް މީގެ ހަފުތާއެއް ކުރިން ވިލިމާލެ ފަރުމައްޗަށް އެރި ޕްލެޓްފޯމް ފުންކޮށްފި އެވެ.

ބްރިޖުގެ ސާވޭ އާއި ތަނބު ޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ބޭނުން ކުރި އެ ފްލެޓްފޯމް ފަރަށް އެއީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ. ޕްލެޓްފޯމު ފުން ނުކުރެވި ގިނަ ދުވަސް ވާތީ، ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް މަޝްރޫއު ހިންގާ އެފްކޮންސް ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހު ޕްލެޓްފޯމު ނަގާނެކަމަށް ބުންޏެވެ. ނަމަވެސް ބުނި މުއްދަތުގައި ޕްލެޓްފޯމު ނުނެގުނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ޕްލެޓްފޯމު ފަރަށް އެރީ، އެ އެންކާރ ކުރަން އުޅުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ކުންފުނިން މައުލޫމާތު ދެއެވެ. މައްސަލައިގައި ބަޔާނެއް އާއްމުކޮށް ބުނީ އެ ސަރަހައްދުގެ ކަނޑު ގަދަވުމުގެ ސަބަބުން ވެސް ގޮންޖެހުންތަކެއް ދިމާވެފަމުންދާ ކަމަށެވެ، އަދި ދެ ފަހަރެއްގެ މަތީން ޕްލެޓްފޯމު ނެގުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވީ އޭގެ ސަބަބުންކަމަށް ބުންޏެވެ. 
މީގެއިތުރުން ކުންފުނިން އިތުރަށް ބުނީ މަސައްކަތް ކުރަނީ އެ ސަރަހައްދުގެ ފަރަށް ވީހާވެސް ގެއްލުން ކުޑަ ގޮތަކަށް ޕްލެޓްފޯމް ނެގޭތޯ ކަމަށެވެ.

ޕްލެޓްފޯމް އެތަނުން ނެގުމަށް ސަރުކާރުގެ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެއެވެ. އަދި އެ ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހެޅިއެވެ.

މައްސަލަ ބޮޑުވެފައި ވަނިކޮށް މިއަދު ޕްލޭނިން މިނިސްޓްރީން ވަނީ ޕްލެޓްފޯމް ނެގުމުގެ މަސައްކަތްތައް ފެށިކަން ހިއްސާކޮށްފަ އެވެ. އަދި މިހާރު ކުރަމުން ދަނީ ޕްލެޓްފޯމު ނަގައި، ގުޅީފަޅު ސައިޓަށް ގެންދިއުމުގެ މަސައްކަތެވެ. އަދި މިއަދު ދެން އިތުރަށް ކުރިޔަށް ގެންދާނީ އެ ސަރަހައްދުގައި ހުރި ދަގަނޑުތައް ނެގުމުގެ މަސައްކަތްތަކެވެ.

ޕްލެޓްފޯމް ފަރަށް އެރުމުން އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ، ފަރަށް ލިބުނު ގެއްލުންތަކުގެ ދިރާސާއެއް އެކުލަވާލާނެކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ދިރާސާތައް ވަރަށް އަވަހަށް ފަށާނެކަމަށް އީޕީއޭއިން މައުލޫމާތު ދިނެވެ.

ބްރިޖު ޕްލެޓްފޯމު ފަރަށް އެދި ނަމަވެސް، މަޝްރޫއުގެ ސްޕީޑަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ޕްލޭނިން މިނިސްޓަރ އަހުމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: