އަބަދުވެސް އޮޅިގެން، އޮޅުމަކުން ދައުލަތައް އާމްދަނީ ނުވަންނާނެ ހުރިހާ ގޮތެއް މި ސަރުކާރުން ހަދަމުންދާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޓޫރިސަމްއާއި ބެހޭ ޤާނޫނަށް އިސްލާހުގެނައުމަށް ތިނަދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ބިލަށް ވާޙަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ޓޫރިޒަމާ ބެހޭ ޤާނޫނަށް ހުށަހަޅާފައިމިވާ އިސްލާހަކީ ދައުލަތައް ވަންނަން އޮތް އާމްދަނީއެއް ވާނުވާ ނޭނގިގެން މި ސަރުކާރުން ގެނެސްފައިވާ އިސްލާހެއް ކަމަށާއި ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާހުން ދައުލަތަށް ވާނުވާ ނޭނގޭ ކަމަށެވެ.
“އަޅުގަނޑުމެން އެއްމެންނަށް އެބަ އިނގޭ ދައުލަތައް ވަންނަން އޮތް އާމްދަނީއެއް، ވާނުވާ ނޭނގިގެން މި ސަރުކާރުން ގެނައި އިސްލާހެއް މި “ ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ޓޫރިޒަމާއި ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހަކީ ޖޫން މަހުގެ 30 ވަނަ ދުވަހު ފާސްކޮށް އަވަސްއަރުވާލާފައިވާ އިސްލާހެއްކަމަށެވެ.
އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖެއާމުން ޖޫން މަހުގެ 30 ވަނަ ދުވަހު އަޅުގަނޑުމެން ފާސްކޮށްފައިވާ ، އަވަސް އަރުވާލާފައި ރައީސުލް ޖުމްހޫރިއްޔާ 3 ޖުލައިގައި ރެޓިފައި ކޮށްފި. “ ޝިޔާމް ވިދާޅުވިއެވެ.
މި އިސްލާހު ރައީސުލް ޖުމަހޫރިއްޔާ ރެޓިފައި ކުރެއްވި އިރު މި އިސްލާޙަކީ ކޯންޗެއްކަންވެސް ނޭނގޭކަމަށް ޝިޔާމްވަނީ ތުހުމަތު ކުރައްވާފައެވެ.
މީގެ އިތުރުން، ޓޫރިސަމްއާއި ބެހޭ ބިލަށް ގެނެވުނު އެ އިސްލާހަކީ ދައުލަތައް 600 މިލިއަން ގެއްލޭގޮތައް ރެޓިފައިކޯށްފައިވާ އިސްލާހެއްކަމަށް ޝީޔާމް ވިދާޅުވިއެވެ. އަދި މިހާރު މި މައްސަލަ ހައްލުކުރަން އުޅުއްވަނީ ކަމަށާއި އަބަދުވެސް އޮޅުމަކުން ދައުލަތައް ގެއްލުން ލިބޭނެ ހުރިހާ ކަަމެއް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަބަދުވެސް އޮޅިގެން، އޮޅުމަކުން، ދައުލަތައް އާމްދަނީ ނުވަންނާނެ ހުރިހާ ގޮތެއް މި ސަރުކާރުން އެބަހަދާ“ ޝީޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތެއް ހިންގަން މި ސަރުކާރަށް ނޭނގޭކަމަށާއި ސަރުކާރަށް ވަންނަ އާމްދަނީއަށް ހަދާނެ ގޮތެއް ނޭނގެނީކަމަށް ބުނެ ޝިޔާމްވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

