ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ މައްސަލަ ސަރުކާރުން ބޭނުންކުރަނީ ސިޔާސީ ތޫނު ހަތިޔާރެއްގެ ގޮތުގައި: ޝިޔާމް

ރައީސް ޔާމީންއަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ސިޔާސީ ތޫނު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް ކުރިއަށް ގެންދިޔަ ހަފްލާގައި ބައިވެރިވާނެކަމަށް ލަފާކުރެވުނު އަދަދަށް މީހުން ބައިވެރިވެފައިނުވާމަށާއި، އެހެންކަމުން އެތަނުގައި ޖަހާފައިތިބި ގޮނޑިތައްވެސް ނެގިކަމަށް ބުނެ، ޖޭޕީއަށް ގިނަ ބަޔަކު ފާޑުކިޔަމުންދާއިރު، ޝިޔާމް ކުރެއްވި ޓްވީޓެއްގައި އޭނާވެސްވަނީ އެފަދަ އިޝާރާތްތަކެއް ކުރައްވާފައެވެ.

ޝިޔާމް ވިދާޅުވީ، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާނުކުރެއްވި އެންމެހާ ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރުމަށް ބޭއްވި ޖަލްސާތަކުގެ ތެރެއިން، މަޖުބޫރުކަމެއް ނެތި، ހިތުލޯބިން އެންމެ ގިނަ ރައްޔިތުން ޖަމާވި މަންޒަރު ފެނިގެންދިޔައީ އެ ޕާޓީގެ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށް ޓިކެޓު ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައިކަމަށެވެ.

އޭނާ ވިދާޅުވީ، އެމަނިކުފާނަކީ 2023 ގެ ރިޔާސީ ޓިކެޓު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ކެނޑިޑޭޓުކަމަށެވެ. އަދި އެންމެ ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ތާއީދުކުރައްވާ، ކެނޑިޑޭޓުކަމަށެވެ. އަދި 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް އެންމެ ގިނަ ބަޔަކު އުންމީދުކުރައްވަނީވެސް ރައީސް ޔާމީންކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމްވަނީ ރައީސް ސާލިހަށް ފާޑުވިދާޅުވެފައެވެ. އޭނާ ސިފަކުރެއްވި ގޮތުން، މި ވެރިކަމުގައި ރައްޔިތުން ތަހައްމަލު ކުރައްވަމުންދަނީ ހިތްދަތި އަދި މާޔޫސް ދުވަސްތަކެއްކަމަށެވެ. އަދި ރައްޔިތުން ތިބީ އަޅުވެތިވެފައިކަމަށާއި އެކަންކަން ބަދަލުކުރައްވާ، އުފާފާގަތިކަން ހޯދައިދެއްވާނެ ކެނޑިޑޭޓަކީވެސް ރައީސް ޔާމީންކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގެ 4 އަހަރާއި 7 މަސްދުވަސްވީއިރު، ރައީސް ޔާމީން ނުހައްގުން ޖަލުގައި ގެންގުޅެމުންދާތާ 900 ދުވަސްވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްޕީއާރަސީގެ މައްސަލައަކީ ބޮޑު ހިޔާނާތެއް ނަމަވެސް، މި ސަރުކާރުން އެ މައްސަލަ ސިޔާސީ ތޫނު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ހަމައެކަނި ކުށަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ރައީސް ސާލިހަށް ހީފުޅުވުންކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންއަކީ ދެން ތިއްބެވި އެއްވެސް ކެނޑިޑޭޓަކާއި ވާދަކުރައްވާނެ ފަރާތެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވަމުންދަނީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލުތަކެއް ގެނެސްދެއްވުމަށްކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކެނޑިޑޭޓުންތައް ވައުދުނާމާ އޮއްސާލެއްވިއިރު، ވެވަޑައިގެންނެވި ވައުދުތައް އެ ބޭފުޅުންގެ އިސްކޮޅާއި ނުބައްދަލުކަމަށެވެ. އޭނާ ވިދާޅުވީ، އެ ބޭފުޅުން ގިނަ ދާއިރާތަކަށް ކަންކަން ކޮއްދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ.

އެހެންނަމަވެސް އެއީ ރައީސް ޔާމީންގެ ދައުރުގައި އަމަލުން ޖައްސަވާފައިވާ ބެންޗުމާކަށްވުރެ ތިރީ ވައުދުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ޝިޔާމް ވިދޅާުވީ، އެހެންކަމުން ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރައްޔިތުންނަށް ނިންމުމެއް ނިންމަން ވަރަށްވެސް ފަސޭހަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވަނީ ބަންގީގެ އަޑު އިވޭ މިނިވަން ޖައްވަކަށް ނޭވާލާންކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ފުއްދުންތެރި އަބުރުވެރި އަމާން ރައްކައުތެރި ދިރިއުޅުމެއްކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ލޮލަށްފެންނަ އަތްލެވޭ ތަރައްގީކަަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ އަދި އެއްފަހަރު ރައީސް ޔާމީންގެ ވެރިކަމެއް ދެކިލުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: