ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި 3 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އިތުރު 3 މޫހަކު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 6 ވަނަ ދުވަހުއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ފިރިހެނަކާއި 47 އަހަރުގެ ފިރިހެނެއްގެ އިތުރުން 49 އަހަރުގެ ފިރިހެނެކެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 45 އަހަރުގެ ފިރިހެނާގެ ބަންދަށް 5 ދުވަސް ޖަހާފައިވެއެވެ. އަދި 47 އަހަރުގެ ފިރިހެނާގެ ބަންދަށް 14 ދުވަސް ޖަހާފައިވާއިރު، 49 އަހަރުގެ ފިރިހެނާގެ ބަންދަށަވެސް ޖަހާފައިވަނީ 14 ދުވަހެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ 3 މީހުންގެ ވަނަވަރާއި، އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

