ބިދޭސީ ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ އުފުލި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކުށަށް އިއުތިރާފުވެއްޖެ އެވެ.
އަލަމްގީރި އާ އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވީ މައްސަލައިގައި ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ކުރިޔަށް ގެންދިޔަ އެވެ. އަދި މި އަޑުއެހުމުގައި ނާޒިމް ވަނީ އަލްމަގިރި އާއި އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އިއުތިރާފުވެފައެވެ. އެއާއި އެކު ކްރިމިނަލް ކޯޓުން ވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
ނާޒިމް ކުށަށް އިއުތިރާފުވިކަން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށްދެ އެވެ.

