ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ޓެކްސް އުވާލުމަކީ މެމްބަރުންނަށް ކުރެވުނު ކުށެއް: އަހުމަދު އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށް ކުރެވޭނީ އިންސާނުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޓުއަރިޒަމްގެ ގާނޫނު އިސްލާހު ކުރުމުގެ ތެރެއިން ގްރީން ޓެކްސް އުވިގެން ދިޔަ ގޮތާއިމެދު ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން، އެކަމަކީ މެމްބަރުން އަތުން ކުރެވިގެންދިޔަ ކުށެއްކަމަށް ސިފަކުރައްވާ އަހުމަދު ވިދާޅުވީ، ކިތަންމެ ރަނގަޅަށް ރީސާޗު ކުރި ނަމަވެސް ނުވަތަ ބަލައި އަޅާ ކިޔާ ހެދި ނަމަވެސް އިންސާނުންކަމަށްވުމުން ބައެއް ކަންކަން އަތް ދަށުން ގޮސްދާނެކަމަށެވެ.

އަހުމަދު ވިދާޅުވީ، ނަމާދު ކުރުމުގެ ތެރޭގައިވެސް އިންސާނުންނަށް ކުށް ކުރެވޭކަމަށެވެ. އަދި އިންސާނުންނަށްވީތީ ކަމެއް އަތްދަށުން ހިނގައިދާނެކަމަށް ތަކުރާރުކުރައްވާ އަހުމަދު ވިދާޅުވީ، ގްރީން ޓެކްސް އުވިގެންދިއުމުގެ ކަންތައް ހިނގާފައިވަނީ އެނގިގެން ނޫންކަމަށެވެ. އަދި ބަހުސް ކުރުމާއި އިތުރު މަސައްކަތްތަކުގެ ތެރޭގައި އެކަން ފާހަގަނުކުރެވިގޮސްފައިވާކަމަށް ގަބޫލުކުރައްވާކަމަށް އެނާ ވިދާޅުވިއެވެ.

އާންމުކޮށް އެފަދަ ކަމެއް ނުހިނގާކަމަށް އިޝާރާތްކުރައްވާ އަހުމަދު ވިދާޅުވީ، ގްރީން ޓެކްސް އުވުމަކީ، މެމްބަރުންގެ އަތް ދަށުން ކައްސާލައިގެން ގޮސްފައިވާ ފުރަތަމަ ކަންތައް ކަމަށެވެ. އަދި އެފަދަ ކަމެއް ހިންގާފާނެކަމަށް ފާހަގަކުރައްވާ އެނާ ވަނީ އެފަދަ ކަމެއް ދިމާވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

ޓުއަރިޒަމް ގާނޫނު އަލުން އިސްލާހު ކުރުމުގެ ތެރޭގައިވާކަމަށް ސިފަކުރައްވާ އަހުމަދު ވިދާޅުވީ، އުވާލެވިފަިއވާ ދުވަސްތަކުގެ ތެރޭގައި ގްރީން ޓެކްސްގެ ފައިސާ ނަގާފައިވާކަމެއް ނުވަތަ ނުނަގާ ކަމެއްވެސް ސާފު ނުވާކަމަށެވެ. އެހެން ނަމަވެސް ގާނޫނީ ގޮތުން ދިމާވި މައްސަލައެއް ކަމަށްވުމުން އެކަމުގައި ކުރެވޭނެ އިތުރު ކަމެއް ނޯންނާނެކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: