ހުޅުމާލޭ ދެވަނަ ފަޔަވަހީގައި ޕާކެއް ތަރައްގީ ކުރުމަށާއި ފުރަތަމަ ފިޔަވަހީގައި ބީޗް ބުލެވަރޑް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީގެ ފަރާތުން އެއްބަސުވުމުގައި ސޮއި ކުރީ، ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހުމަދު އާތިފްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލީ މަނިކެވެ.
In our efforts to make Hulhumalè more lively, we have signed with @rdcmaldives to bring a modern twist to the much awaited Beach Boulevard and Hiya Park.
The agreement was signed by RDC’s MD Uz.Moosa Ali Manik & our MD Ahmed Athif. pic.twitter.com/3i9mvrDlld
— HDC (@hdcmaldives) September 25, 2022
އެޗްޑީސީން ބުނެފައިވާގޮތުގައި މި އެއްބަސްވުން އެކުލަވާލީ ހުޅުމާލޭ ފޭސް 2 ގައި ޕާކެއް ހެދުމަށާއި ހުޅުމާލެ ފޭސް 1 ގެ ބީޗް ބުލެވަރޑް މިހާރަށްވުރެ ޝައުގުވެރިކަން އުފެދޭނެ މާޙައުލެއްގެ ގޮތުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށެވެ.

