ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް ވަގަށްނަގައި މައްސަަލައެއް ފެންމަތިވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހުޅުމާލޭގެ މިފަދަ ކަންކަން ބަލަހައްޓަމުންގެންދާ ކުންފުނި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފައިވަނީ ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް ވަގަށްނެގުމުގެ ސަބަބުން އެ މަގުތައް އަދިރިެފައިވާތީ މަގުތައް ދިއްލުމުގެ މަސައްކަތް ހުޅުމާލެ އޮޕަރޭސަންސް ގެ 3 ޓީމަކުން ދަނީ ކުރަމުންދާކަމަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސަންގު ޓީވީގެ ފަރާތުން އެޗްޑީސީއަށް ގުޅުމުން ބުނީ މިކަން މިހާރު އާންމުކަމަކަށް ވެފައިވާކަމަށެވެ. އަދި މި މައްސަލަ އިއްޔެވެސް ފެންމަތިވެފައިވާކަމަށާއި، މިހެންވުމުގެ ސަބަބުން އިއްޔެ ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ދިމާ މަގުތައް ހުރީ ނުދިއްލިކަމަށް ކުންފުނިން ބުންޏެވެ. ކުންފުނިން ބުނީ ބެލެވޭ ގޮތުގައި އެތަކެތި ވަގަށް ނެގުމުގެ މަގްސަދަކީ ބްލެކް މާކެޓުގައި ވިއްކުންކަމަށެވެ.
މިހާރު އެޗްޑީސީގެ ފަރާތުން ކޭބަލްތައް ރަނގަޅުކުރުމުގެ މަސައްކަތްކުރަމުންގެންދާކަމަށް ބުންޏެވެ.
މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި، އަދި ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންކަމަށް އެޗްޑީސީން ބުނިއެވެ.

