އަމިއްލަ އެދުން އިސްނުކޮށް ގައުމަށް ހެޔޮ ގޮތް ހޯދައިދޭން މަސައްކަތް ކުރާ ކޮންމެ މީހަކީ އޭނާގެ ހިތާހިތުގެ ލޯބި ލިބޭނެ މީހެއް ކަމަށާއި އަދި އެމީހަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު ވިދާޅުވީ ރައީސް ސާލިހު ގެންދަވަނީ އަމިއްލަ އެދުމެއްނެތި ގައުމަށް ހެޔޮއެދޭ ކަން ދައްކަވަމުން ކަމަށެވެ.
Amilla edhun iss nukoh gaumah heyo goih hoadhai dheyn masakkaih kuravvaa konme meehakee Alhugandu ge Hithaai hithun loabi libeyne Meeheh! Ekan Raees @ibusolih gendhavanee dhakkavamun! Mulhi dhuniye aai gulhun badhahi kurumakee kuda kameh noon! Alhugandumen dhaanee 🌎 aai eku!!! pic.twitter.com/lip3kYnDvr
— Feydhoo Meehaa (Mohamed Nihad) (@nihad_m) October 11, 2022
ނިހާދު އިތުރަށް ވިދާޅުވީ މުޅި ދުނިޔެއާއި ގުޅުން ބަދަހި ކުރުމަކީ ކުޑަ ކަމެއް ނޫން ކަމަށެވެ.
ނިހާދު އެހެން ވިދާޅުވެފައިވަނީ އދ ގެ އިންސާނީ ހައްގުތަކުގެ ކައުންސިލަށް ރާއްޖެ އިންތިހާބު ވުމާއި ގުޅިގެންނެވެ.
ނިހާދު ވިދާޅުވެފައިވަނީ މުޅި ދުނިޔެއިން ރާއްޖެ ބަލައިގަތީ ރައީސް ސާލިހުގެ ހިކުމަތްތެރިކަމާއި މޮޅުކަމުން ކަމަށެވެ.
ރާއްޖެއިން އިންސާނީ ހައްގުތަކުގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އޭޝިޔާ ޕެސިފިކް ސަރަހައްދުން ވާދަކުރި 6 ގައުމުގެ ތެރެއިން އެ ކައުންސިލަށް އިންތިހާބުކުރި 4 ގައުމުގެ ތެރެއިން ދެވަނަ އަށް އެންގެ ގިނަ ވޯޓް ހޯދައިގެންނެވެ.
ރާއްޖެ ހިމެނޭ އޭޝިޔާ ޕެސިފިކް ސަރަހައްދުން ވާދަކުރި 6 ގައުމުގެ ތެރޭގައި އެންމެ ގިނަ ވޯޓް ލިބުނީ ބަންގްލަދޭޝްއަށެވެ. އެގޮތުން ވޯޓްލީ 190 ގައުމުގެ ތެރެއިން ބަންގްލަދޭޝްނއަށް 160 ވޯޓް ވަނީ ލިބިފައެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ލިބުނީ ދިވެހިރާއްޖެއަށެވެ. ރާއްޖެއަށް ލިބުނީ 154 ވޯޓެވެ.
ރާއްޖެއަށްފަހު ދެން އިންތިހާބުވި ދެ ގައުމަކީ ވިއެޓްނާމް އާއި ކިރިގިސްތާން އެވެ. ވިއެޓްނާމަށް 145 ވޯޓް ލިބުނު އިރު ކިރިގިސްތާން އަށް ލިބުނީ 126 ވޯޓެވެ.
އދ ގެ އިންސާނީ ހައްގުތަކުގެ ކައުންސިލް އިންތިހާބުގައި ކައުންސިލްގެ މެމްބަރު ގައުމުތަކުގެ ތެރެއިން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައުރު ހަމަވާ 14 ގޮނދިއަށް ވަނީ މެމްބަރުން އިންތިހާބު ކޮށްފައެވެ.
ޔުނައިޓެޑް ނޭޝަންގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް އިންތިހާބު ކުރި އޭޝިޔާ ޕެސިފިކް ސަރަހައްދުގެ 4 ގޮނޑިއަށް ވާދަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަފްގާނިސްތާނާއި ދިވެހިރާއްޖެ އާއި ސައުތުކޮރެއާ އާއި ކިރިގިސްތާންގެ އިތުރުން ބަންގްލަދޭޝް އެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއަށް އޭޝިޔާ ސަރަހައްދުން އެންމެ ފުރަތަމަ ބަހުރައިން އިން ވާދަ ކުރަމުން ދިޔަ ނަމަވެސް އެންމެ ފަހު ވަގުތު އެގައުމުން ނަން އަނބުރާ ގެންދިއުމުން، އެގައުމަށް ތާއީދުކުރި ގިނަ ގައުމުތަކެއްގެ ވޯޓް ވަނީ ރާއްޖެއަށް ލިބިގެން ގޮސްފައެވެ.

