ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯޅަވައްސަކީ ރާއްޖޭގެ ރަށެއް ނޫންކަމަށް ބުނުމުގެ ޖާގައެއް ނެތް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޯޅަވައްސަކީ ރާއްޖޭގެ ރަށެއްކަމަށް ބުނެވޭނެ ހެކިތައް ފެންނަން ހުރިކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭގެ ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ފާހަގަކޮށްފައިވާ ދަނޑިވަޅެއްގައި، އެ މައްސަލައަށް އަލިއަޅުއްވައި ރައީސް ނަޝީދު ވިދާލުވީ، 1560 ވަނަ އަހަރު 9 ވަނަ ހަސަން ރަސްގެފާނުގެ ސިޓީއެއްގައި ބަޔާންކުރައްވާފައިވާގޮތުން، ފޯޅަވަހީގެ 7 ރަށަކީވެސް ރާއްޖޭގެ ރަށްތަކެކެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ނެވިން ރާއްޖޭގެ ސަރަަހައްދު ބަޔާންކުރަނީ ފޯޅަވަހިއާއި އެކު ކަމަށެވެ. އަދި އެ ތަނަކީ ރާއްޖޭގެ ބައެއްކަން ސާފުވެގެންދާނެ ތާރީހީ އަދި ސަގާފީ ހެކިތައްވެސް ފެންނަން ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިވަގުތު ފޯޅަވަހި އަކީ އެއްވެސް ގައުމެއްގެ ތަނެއް ނޫންކަމަށެވެ. އަދި އިންގިރޭސިން އެތަން ބެލެހެއްޓި ނަމަވެސް އެ ތަނަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށެވެ. އަދި އެއީ ޗާގޯސް އަތޮޅު ތަކުގެ ތެރެއިން އަތޮޅެއްކަމަށެވެ. އަދި އެތަނަށް ޔޫރަޕު މީހުން ކިޔަނީ ޕެރޮސް ބަނޯސް ކަމަަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން މީގެ ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި އެކި އެކަމާއި މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އޮތްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ބަންޑާރަ ނައިބުގެ އޮފީހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ އައްޑޫގެ ދެކުނުން އޮންނަ ޗާގޯސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

މި މައްސަލައިގައި ސަރުކާރާއި، ބަންޑާރަ ނައިބުގެ އޮފީހުން ވެސް ބުނީ ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިޓޮލްސްގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން، އެކަމަށް އދ ގެ ގިނަ ގައުމުތަކުން ތާއީދު ކުރި އެވެ.

ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އައިސީޖޭއިން ނިންމާފައިވާ ނިންމުމަށް އދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިޓޮލްސްގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލަކަން ފާހަގަކުރެވެ އެވެ. ނަމަވެސް ގިނަ ބަޔަކު، ދަނީ މިކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކެއް ވާނެކަމަށް ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: