ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ 2023 ގައި ވޯޓުން އިންޑިއާ ބަލި ކުރުން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ދަށުން ކުރިޔަށް ގެންދާ، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އެތެރޭގެ އިންތިހާބު ކާމިޔާބުކަމާއި އެކު ނިންމާލައި އަމާޒަކަށް ވާނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވޯޓުން އިންޑިއާ ބަލިކުރުންކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދާއިރާތަކުގެ ރައީސުން ހޮވުމަށް އެތެރޭގެ އިންތިހާބެއް ބާއްވައި މަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމުގެ މައިގަނޑު މަގްސަދަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

މިއީ ޕާޓީގެ އެތެރޭގެ ބޭއްވޭ އެންމެ ވަރުގަދަ އިންތިހާބުކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިންތިޒާމުތަކާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ކެނޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމާއި މެމްބަރުން އިންތިހާބާއި މެދު އޮތް ޝައުގުވެރިކަން، ވޯޓުލާން އަންނަ މީހުންގެ އަދަދަށް ބެލުމުން ސާފުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކުރިޔަށް ދާ އިންތިހާބެއްކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ ކާމިޔާބު ވާނީ ކޮންމެވެސް އެއް ކެނޑިޑޭޓެއްކަމަށެވެ. އެހެންކަމުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހޭ ކެނޑިޑޭޓެއް ވެސް ޕާޓީއާއި އެކު އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށާއި އެހެން ހަރަކާތްތަކަށް މަސައްކަތްތައް ކުރުމަށް އެދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

”އަޅުގަނޑުމެން ބޭނުން ވަނީ އިންތިހާބު ނިމިގެންދާއިރު ސުލްހައަށް ބުރުއަރާ.. ޕާޓީގެ ފިކުރަށް ބުރުއަރާ އެއްވެސް ކަމެއް ނުވުމަކީ އަޅުގަނޑުމެން ޕާޓީ އެންމެންގެ ވެސް އެދުމެއް..“

ރައީސް ޔާމީން ވިދާޅުވީ، ދާއިރާތަކުގެ ރައީސުންނަށް ވާދަކުރާ ކޮންމެ ކެނޑިޑޭޓަކީ ވެސް ޕާޓީއަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ކަމަށެވެ. އެއާއި އެކު ދެން ގޮނޑި ކާމިޔާބު ކުރުމަށް ފަހު އެ މީހަކު އެ ހަވާލުވަނީ ވަރަށް ބޮޑު މަސްއޫލިއްޔަތަކާއިކަމަށާއި ކުރިޔަށް އޮތް އިންތިހާބަށް ކުރަން އޮތީ ބުރަ މަސައްކަތެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އިޝާރާތްކޮށް ރައީސް ޔާމީން ވިދާޅުވީ، ވޯޓުން އިންޑިއާ ބަލި ކުރާނެކަމަށެވެ. އަދި ހުރިހާ މެމްބަރުން ވެސް އެ އަމާޒަށް މަސައްކަތް ކުރުން މުހިންމުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ޔާމީން ވަކި ކެނޑިޑޭޓުންތަކަށް ތާއީދު ކުރާކަމަށާއި، އަދި ވަކިވަކި ކެނޑިޑޭޓުންތަކަށް އެއްވެސް މިންވަރަކަށް ތާއީދު ނުކުރާ ވާހަކަ ދެކެވޭތީ އެމަނިކުފާނު އެއްވެސް ކެނޑިޑޭޓެއް އެންޑޯސް ކުރެއްވިންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ. ޕާޓީގެ ލީޑަރު ނުވަތަ ރައީސަކީ، މިފަދަ އެތެރޭގެ އިންތިހާބުތަކުގައި ބަސް ބުނެ، އެއްވެސް ރޯލެއް އަދާކޮށްގެން ވާނެ މީހެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕާޓީގެ ހިންގުމާއި ހަވާލުވެ ހުރި، މީހެއްގެ ހައިސިއްޔަތުން ރައީސްގެ މަސްއޫލިއްޔަތަކަށް ވާނީ ގަވައިދުތަށް ތަންފީޒުކޮށް އެކަންކަން ބެލެހެއްޓުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ހުރިހާ ކެނޑިޑޭޓުންގެ ވެސް ހައްގުތައް ހިމާޔަތްކޮށްދިނުން ކަމަށެވެ.

”އެގޮތަށް އަޅުގަނޑު މަސައްކަތްކޮށްފައި އޮންނާނީ… ޕާޓީގެ ލީޑަރުން ވެސް ނޯންނާނެ.. ވަކި ދާއިރާގެ ކެނޑިޑޭޓުންތަކެއް ހޮވުމަށް މަސައްކަތްކޮށްފައެއް..“

އިދިކޮޅުގެ އެތެރޭގެ އިންތިހާބު މިސާލެއްގެ ގޮތުގައި ސަރުކާރުގެ މައި ޕާޓީން ނެންގެވުމަށް ގޮވާލައި، ރައީސް ޔާމީން ވިދާޅުވީ މިއީ އެބޭފުޅުންގެ ވޯޓަށް މަގުޗާޓު ކުރަހައި ކުރިޔަށް ދާންޖެހޭ ގޮތް ދެނެގަންނަން ފަސޭހަ އިންތިހާބަކަށް ވާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ، އެއްވެސް ހަމައެއް އުސޫލެއް ނެތި ފޮށިތަކާއި، ޓައްޕުތަކަށް ވޯޓު ކަރުދާސް އެޅުންފަދަ އަމަލުތައް ޕީޕީއެމުން ނުހިންގާތީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: