ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ނުހުއްޓުވުމަކީ ސިޔާސީ މިނިވަންކަން އޮތް ކަމުގެ ހެއްކެއް: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް: ފޮޓޯ/ ދައުރު،
ޝެއާރކޮށްލާ ކަހަލަދޯ؟

ހިންގަމުންދާ ވެރިކަމަކީ އޯގާތެރި ސަރުކާރަކުން ކުރަމުންދާ ވެރިކަމެއްކަމަށް އިގްތިސާދީ ވަޒީރު އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ސިފަކުރައްވައިފިއެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ކިޔާކަމަށް ފާހަގަކުރައްވާ އެނާ ކުރެއްވި ޓްވީޓްގައި ފާހަގަކުރައްވާފައިވާގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި މިހާރު ފެންނަމުންދާ ފަދަ ސިޔާސީ ހަރަކާތްތަކަށް ޖާގަ ނުދެއެވެ. އަދި އެފަދަ ހަރަކާތަކަށް މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ފުލުހުން މެދުވެރިކޮށް ހުރަސް އަޅުއްވައި ނުހައްދަވާކަމަށް އެނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާލުވީ، ރައީސް ޔާމީންގެ ވެރިކަމުގެ އެފަދަ ހަރަކާތްތައް ހިންގުމުން، ފެނިގެންގޮސްފައިވާ މަންޒަރުތަކާއި މިހާރު ފެންނަ މަންޒަރުތަކާއި އިންތިހާއަށް ތަފާތުކަމަށެވެ. އެނާ ވިދާޅުވީ، އޭރު ވޯޓު ފޮށިތައް ބަލާ ގޮސްފައިވަނީ ފުލުހުންކަމަށެވެ. އަދި ފެނިގެންދަނީ މި ވެރިކަމުގައި ސިޔާސީ މިނިވަންކަން އޮތްކަމުގެ ހެއްކެއް ކަމަށްވެސް އެނާ ވިދާޅުވިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ދާއިރާތަކުގެ އިންތިހާބުގައި 87 ދާއިރާއެއް ގެ ވޯޓު ލުން މިއަދު ކުރިއަށް ގެންދިޔައެވެ. މި އިންތިހާބުގައި ހޮވިގެންދާނީ އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުން ފަދަ ބޭފުޅުންނެވެ.

އިދިކޮޅުން ކުރިއަށް ގެންދިޔަ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތު ރައީސް ޔާމީންވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާގޮތުން، މި އިންތިހާބުގެ ކާމިޔާބުކަމާއި އެކު ނިންމާލުމުގެ އަމާޒަކީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުން އިންޑިއާ ބަލި ކުރުންކަމަށެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 89%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: