ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަސަން ކުރުސީއަކީ މަށެއް ނޫން: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްވިޓާރގައި މަޝްހޫރު ”ހަސަން ކުރުސީއަކީ“ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

”ހަސަން ކުރުސީ“ ގެ ނަމުގައި ހިންގަމުންދާ ޓުވިޓަރ އެކައުންޓަކީ ރައީސް ނަޝީދު ގެންގުޅުއްވާ ޓުވިޓަރ އެކައުންޓެއް ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ”ހަސަން ކުރުސީ“ އަކީ އެމަނިކުފާނު ނޫން ކަމަށެވެ.

ޓްވިޓާރގައި ރައީސް ސާލިހު އަދި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާ އައިޑީއެއް ކަމަށްވާ، ”ހަސަން ކުރުސީ“ އައިޑީ އިން ކުރަމުންދާ ޓްވީޓުތަކުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދުކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ތުހުމަތު ކުރެއްވުމާއި އެކު، އެ ތުހުމަތުތަކުން ބަރީއަވުމަށް ރައީސް ނަޝީދުވަނީ އެ އައީޑީގެ ފަހަތުގައި އެމަނިކުފާނު ”ޖިސްމާނީ ގޮތުން“ ނެތްކަމަށް ވިދާޅުވެއްފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ”ހަސަން ކުރުސީ“އަކީ، އެމަނިކުފާނުގެ ބައެއް ލިއުންތަކުގެ ހަގީގީ- ހިޔާލީ ޝަހުސިއްޔަތެއްކަމަށެވެ. އެހެންނަމަވެސް ”ހަސަން ކުރުސީ“ ދައްކަމުންދާ ވާހަކަތަކުން ރައީސް ނަޝީދުގެ ތޮބިއްޔަތު ދޭހަ ނުވާކަމަށް ބުނެވެން ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ލިއުމަކުން އުފެދިގެން އައި ޝަހުސެއް ”ދިރިގެން“ ދިއުމަކީ އެމަނިކުފާނަށް ލިބިގެންދާ ބޮޑު އުފަލެއްކަމަށެވެ. އެހެން ނަމަވެސް އެ ނަމުގައި ހިންގަމުންދާ ސޯޝަލް މީޑިއާ އައިޑީއިން އެކި ވާހަކަތައް ޝާއިއު ކުރަމުންދަނީ އެމަނިކުފާނު ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: