މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ވޯޓް ނުދިން އެމްޑީޕީ މެމްބަރުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ހުށައެޅި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާ ބެހޭ ބިލަށް އެމްޑީޕީގެ ފަރާތުން ވަނީ ތްރީލައިން ވިޕް ނެރެފައެވެ. އަދި ވިޕާއި ހިލާފްވާ މެމްބަރުންނާއިމެދު ޕާލިމެންޓަރީ ގްރޫޕްގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށައެޅުއްވި ބިލަށް ތްރީލައިން ވިޕް ނެރުނީ ކޮމިޓީ މަރުހަލާގައި ބިލު ވަނިކޮށެވެ.
އެގޮތުން ތްރީލައިން ވިފެއް ނެރުމުން ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެ މެމްބަރުން ވިދާޅުވި ގޮތުގައި ކޮމިޓީ މަރުހަލާގައި ބިލު އޮށްވާ ތްރީލައިން ވިޕެއް ނެރުމަކީ ސަރުކާރުގެ ހުދުމުހުތާރުކަން ދޭހަވާ ކަމެކެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ބުނެފައެވެ.
ޓެކްސް ބިލް ފާސްކުރެވުނު އިރު ތިން ފަހަރެއްގެ މަތިން އެޖެންޑާކުރިއެވެ. އަދި ބިލް ފާސްކުރުމަސް އެޖެންޑާ ކުރުމަށް ފަހު ވޯޓަށް ނާހައިގެން ބައެއް މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި ވެސް ބައްދަލު ކުރެއްވިއެވެ.
ޓެކްސް ބިލަށް ވޯޓް ނުދިން އެމްޑީޕީގެ މެމްބަރުންނަކީ:
ހެންވާރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން
ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް
މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު
ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު
ޕީޕީއެމް އިން ޓެކްސް ބިލަށް ވޯޓް ނުދޭ މެމްބަރުން:
ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)
ކ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ( ޕީޕީއެމް )
ތ ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން (ޕީޕީއެމް)
މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ( ޕީޕީއެމް )
އެމްއެންޕީގެ އިން ޓެކްސް ބިލަށް ވޯޓް ނުދޭ މެމްބަރުން:
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް (އެމްއެންޕީ)
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)
ތިމަރަފުރި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް (އެމްއެންޕީ)
ޕީއެންސީ އިން ޓެކްސް ބިލަށް ވޯޓް ނުދޭ މެމްބަރުން:
ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ( ޕީއެންސީ)
މާވަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު (ޕީއެންސީ)
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް (ޕީއެންސީ)
ޖުމްހޫރީ ޕާޓީ އިން ޓެކްސް ބިލަށް ވޯޓް ނުދޭ މެމްބަރުން:
ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން (ޖުމްހޫރީ ޕާޓީ)
ޓެކްސް ބިލަށް ވޯޓް ނުދޭ މިނިވަން މެމްބަރުން:
ތުލުދުސްދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީމް (އަމިއްލަ)
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރިއެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.
އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އިން އާއްމު ކުރި ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އަސަރުތަކެއް ކުރުމާއި އެކު ޓެކްސް ބޮޑު ކުުރުމުން އޭގެ ނޭދެވޭ އަސަރު އިގްތިސާދުގެ ތެރެއިން ފެންނާނެކަމަށް ވަނީ ބުނެފަ އެވެ.
ރިޕޯޓުގައި ބުނީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލަށް ބަލައި ޓެކްސް ބޮޑު ކުުރުމަށް ނިންމުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.


One Response
ސާބަހޭ .މިއަދު ފިޔަވަޅު އެޅިދާނެ.އެކަމަކު މާދަމާވެސް އެބައޮތް.މިދަނީ މިކަންތައް ނިމެން.1 އަހަރުވަރު އޮތީ.ރައްޔިތުން މިތިބީ ބަލަން.ވަރަށް ސާފުކޮށް މިބުނީ މިސަރުކާރަށް ވޯޓެއް ނުދެން.