ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯންގައި އަށް ބުރިއަަށް އިމާރާތް ކުރަން ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގެ އިމާރާތްތައް އަށް ބުރިއަށް އުސްކުރުމުގެ ހުއްދަ, ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދީފިއެވެ.

ކުރިން އެސަރަހައްދުގައި އިމާރާތްތައް އުސްކުރެވެނީ 6 ބުރިއަށެވެ.

އެޗްޑީސީން ބުނިގޮތުގައި  ހުއްދަ ދިނީ ހުޅުމާލޭގައި ވިޔަފާރިތައް ގިނަވަމުން އަންނާތީ، އިތުރު ވަސީލަތްތައް ޤާއިމުކުރުމުގެ ބޭނުމުގައިކަމަށެވެ. އަދި އެ ސަރަހައްދުގެ ޑިމާންޑަށް ލުޔެއް ހޯދުމާއި ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމަށްކަމަށެވެ. އަދި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

އެ ބަދަލާއެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ހިދުމަތް ހޯދާ ހިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެޗްޑިސީ އިން ވަނީ ބުނެފައެވެ.

އެޗްޑީސީ އިން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ގެންދަނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: