ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑާއި ރައީސްވެސް ކޮމްޕްރޮމައިޒް ވާނެ ފޮޓޯ ހުންނާނެ: ރައީސް ނަޝީދު

ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްަމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރަހީމް މުހައްމަދު ސާލިހާއި އެމަނިކުފާނާއި ދެބޭފުޅުންވެސް ކޮމްޕްރޮމައިޒް ވާނެ ފޮޓޯ ހުރެދާނެކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައީސް ނަޝިދުގެ ކޮށްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމުން އެކަމަށް ނުރުހުން ފާޅުކުރައްވައި ޓުވީޓެއް ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ އެކަމުގެ ޝަކުވާތަކުގެ މެސެޖުތަކެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ފޮނުވާފައެވެ. އަދި ރައީސް ސޯލިހު ބޭނުންފުޅުވީ ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ރައީސް ސޯލިހުގެ ހަތަރު ގަނޑު ފޮޓޯ ލިބިވަޑައިގެންފައިވާކަމަށް މެސެޖު ކުރެއްވިއެވެ. އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯ ސުވާލުކޮށް ރައީސް ނަޝީދު ވިދާޅުވީ، އަންހެން ކުއްޖާއަކީ އާއިލީ ގާތް ކުއްޖެއްކަމަށާއި، އެ ކުއްޖާއަށް ހަމްދަރުދީވާ ކަމަށެވެ.

ރައީސް ސާލިހަށް އެމަނިކުފާނު ކުރެއްވި ތުހުމަތުތަށް ފާހަގަކޮށް، އެފަދަ ވާހަކަތައް ދެއްކެވުމަށްފަހު އެކަމުގެ ތެދު ހަގީގަތް ސާބިތުކޮށްދިނުމަށްޓަކައި އެމަނިކުފާނު މަސައްކަތްނުކުރާ ސަބަބާއި ގުޅިގެން ”ސަންގުން“ ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ވާހަތަކަކީވެސް ނޫސްވެރިން އަސްލު އޮޅުވާލައިގެން ދައްކާފައިވާ ވާހަކަތަކެއްކަމަށެވެ. އަދި މިކަންތައްތައް ތަފްސީލުކޮށްދެއްވުމަށް އެމަނިކުފާނު މަސައްކަތް ނުކުރައްވަނީ އެމަނިކުފާނު އެ ތުހުމަތުތައްކުރެއްވިކަމަށް ބުނާ ޓެކްސްޓް މެސެޖް ފެންނަ އޮތީމައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ޒިނޭގެ ތުހުމަތުފަދަ ތުހުމަތެއް ކުރައްވާނެ ބޭފުޅެއްނޫންކަމަށެވެ.

އަޅުގަނޑަކީ ދުވަހަކުވެސް އިރާދަކުރައްވައިގެން އަޅުގަނޑު ބަލާނަން މީހަކަށް ތިޔަ ތިޔަ ވިދާޅުވި ބާވަތުގެ ކަމެއްގަ ތުހުމަތުނުކޮށް އަޅުގަނޑުގެ ހަޔަތް ނިންމޭތޯ، ހާއްކޮށް ޒިނޭ އާއި މިބާވަތުގެ ކަމަކަށް މިހަކަށް ތުހުމަތުނުކޮށްވޭތޯ

ރައީސް ސާލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ 4 ފޮޓޯއެއް ލިބިފައިވާކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯއާއި، ލީކުކޮށްލަންވީތޯ ރައީސް ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖުތަކެއްގައިވީ ނަމަވެސް އެމަނިކުފާނު ވަނީ މި ވާހަކަތައް ދޮގު ކުރައްވާފައެވެ. އަދި އެގޮތަށް އެވާހަކަތައް ދައްކާފައިވާކަމަށް އެމަނިކުފާނު އުޒުރުވެރިވަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރައީސް ސާލިހާއި އެކީ 4 ފޮޓޯއަށްވުރެ ”މާ ބައިވަރު“ ފޮޓޯ ނަންގަވާފައި ހުންނާނެކަމަށާއި، އޭގެ ތެރޭގައި އެ ދެ ބޭފުޅުންވެސް ކޮމްޕްރޮމައިޒްވެދާނެ ފޮޓޯވެސް ހުރެދާނެކަމަށެވެ.

އަޅުގަނޑާއި ރައީސް ސާލިހާއިއެކީގައި ހަތަރު ފޮޓޯގަނޑަށްވުރެ މާބައިވަރު ފޮޓޯ ހުންނާނެ. ދެން އޭގެ ތެރޭގައި އަޅުގަނޑުމެން ދެމީހުން ކޮމްޕްރޮމައިޒް ވާނެ ފޮޓޯވެސް ހުރެދާނެ

އެއަށްފަހު ރައީސް ނަޝީދު އިޝާރާތްކުރެއްވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައަށެވެ. އަދި ވިދާޅުވީ މި މައްސަލައިގައި މީހުން ހައްޔަރުކުރުމުން އެއީ ”މާ ރަނގަޅު ގޮތެއް“ ނޫންކަމަށް އެމަނިކުފާނު ފާހަގަކުރެއްވީ ބަދު އަހުލާގީ އަމަލާއި، އެ ބާވަތުގެ ކަންކަމާއި ގުޅޭ 67 މީހުންގެ މައުލޫމާތު ފުލުސް އޮފީހުގައި ހުރި، ނަމަވެސް އެންމެ ތިން މީހުންގެ މައްޗަށް ތަހުގީގު ހިންގާ އެމީހުން ހިފާ ހައްޔަރުކޮށް ޝަރީއަތަށް ގޮސް ހުކުމްކުރުމުންކަމަށެވެ. އަދި މިކަމާއި ގުޅޭ ”ބައިވަރު“ މައުލޫމާތު އެބޭފުޅުންނަށްވެސް ލިބިފައިވާކަމަށް ވިދާޅުވިންކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: