ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަންކަން ނިންމާނީ އަޑުއެހުމަށްފަހު، އެއްވެސް މީހެއެއްގެ އަޅަކަށް ނުވާނަން: ރައީސް ސާލިހު

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ/ ފޮޓޯ: ރައީސް ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުުންގެ ވޯޓު ހޯއްދަވާނެ ފޯމިއުލާއެއް ސާފުވެވަޑައިގަންނަވާކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެކަމާއިމެދު ޝައްކެއްވެސް ނެތްކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސާލިހުވަނީ ކުރިއަަށް އޮތް އެމްޑީޕީގެ ޕްރައިމަރީ ”ބޮޑުތަނުން“ ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނު އެއްވެސް މީހެއްގެ އަޅަކަށް ވެވަޑައިނުގަންނަވާނެކަމަށެވެ. އަދި އެ އުސޫލު ބައްޓަން ކުރެއްވީ އެމަނިކުފާނަށް ދީފައިވާ ނަސޭހަތެއްގެ މަތިންކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، މަޝްވަރާކުރެއްވޭނެކަމަށެވެ. އަދި އެމަނިކުފާނު ކަންކަން ނިންމަވާނީ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ވާގޮތަށް ކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، އަޑުއައްސަވާ މީހަކަށްވުމަށް އެމަނިކުފާނުގެ މުަދައްރިސެއް އިލްތިމާޒް ކުރެއްވިކަމަށެވެ. އެހެންކަމުން އެމަނިކުފާނު ކަންކަން ކުރައްވަނީ އެންމެހާ ވަޒީރުން އަދި މެމްބަރުންވެސް ހިއްސާ ކުރައްވައިގެން ޕާޓީގެ އެންމެހާ މެމްބަރުންނަވެސް އެންމެ ފައިދާވާ ގޮތުގެ މަތިންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެއްވެސް މީހެއްގެ އަޅަކަށް ނުވާނެކަމަށެވެ. އަދި ކަންކަން ނިންމަވާނީ އަޑުއެއްސެވުމަށްފަހު އެންމެނަށްވެސް ފައިދާވާގޮތަށް ކަމަށެވެ. އަި އެ ދެ އުސޫލުން ކުރިއަށް އޮތްތާނގައިވެސް ދޫނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: