މި މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ޒުވާބަކަށް ނެހެއްދެވުމަށް ޕާޓީގެ މެންބަރުންގެ ފަރާތުން ކުރީގެ ޗެއާޕާސަން މޫސާ މަނިކު އެދިލައްވައިފިއެވެ.
މޫސާމަނިކު ވިދާޅުވީ ހަގީގަތުގައި އެމްޑީޕީއަކީ މެންބަރުންގެ ޕާޓީކަމަށެވެ. އެހެންކަމަމުން މެންބަރުންނަށް ފަސޭހަ ގޮތަށް ޕާޓީކުރިއަށް ގެންދެވެން އޮތީ ރައީސް ސާލިހަށްކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި އެމްޑީޕީ ވެރިކަމަށް ގެނައުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ރައީސް ސާލިހަށްކަމަށް މޫސަ ވިދާޅުވިއެވެ. އޭނާއަށް މިހާތަނަށް ފެންނަ ފެނުމުގައި ރައީސް ސާލިހު މި އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ.
ޕާޓީގެ ފަރާތުން ހޮވޭ ޕާޓީގެ އިސް ލީޑަރު، ކުރިއަށް ނެރެގެން އަޅުގަނޑުމެން މި އިންތިހާބުގައި ވެރިކަން ކުރިއަށް ގެންދަން ބޭނުންވަނީ
މޫސާ މަނިކު ވިދާޅުވީ ޑިމޮކްރަސީގައި އޮންނަނީ ދެ ދައުރެއްކަމަށާއި، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސަތުގައި ހުންނަވާތާވެސް 17 އަހަރުވެއްޖެކަމަށެވެ. 2008 ގައި ރައީސް ނަޝީދަށް ވެރިކަން ހޯއްދަވައިދެއްވަން މަސައްކަތްކުރެއްވިންކަމަށް ފާހަގަކޮށް މޫސާމަނިކު ވިދާޅުވީ، ނަމަވެސް އިސްތިއުފާދެއްވައިފިކަމަށެވެ. އެއަށްފަހު އޭނާގެ ޗެއާޕާސަންކަމުގައި 2013 ގައިވެސް ރައީސް ނަޝީދު ވެރިކަމަށް ގެންނަ މަސައްކަތްކުރެއްވިންކަމަށް ފާހަގަކޮށް މޫސާމަނިކު ވިދާޅުވީ، ނަމަވެސް އެ ފަހަރުގައި ޕްރައިމަރީއަކަށްވާފަދަ ޕްރައިމަރީއެއް ނުބާއްވާކަމަށެވެ.
ހަމައެކަނި ނަމަކަށް، އަސާސީ ގަވާއިދުގައި އޮންނާތީ ޕްރައިމަރީއަކަށް އަދަދު ހަމަކޮށްލީ
އެފަދައިން އަމަލުކުރުމަށްފަހު އިންތިހާބަށް ނިކުތުމުން ލިބުނީ ނާކާމިޔާބީކަމުގައި މޫސާމަނިކު ވިދާޅުވިއެވެ. އަދި ދައުރުވެސް އެހެންކަމުން ކާމިޔާބުނުވިކަމަށް ފާހަގަކުރެއްވިއެވެ.
އޭނާ ޕާޓީއިން ބޭރުކޮށްލި ވާހަކައަށް އިޝާރާތްކުރައްވާ މޫސާމަނިކު ވިދާޅުވީ، މިހާރު މި ފެންނަނީ ޕާޓީގެ އެތެރެ މުޅި ބައިބައިކޮށް، ހަލާކުކޮށްފައިވާތަންކަމަށާއި، މިއީ އެމްޑީޕީގައި ދުވަހަކުވެސް ނުފެންނަކަހަލަ މަންޒަރުތަކެއްކަމަށެވެ.
އެމްޑީޕީގެ މެންބަރުންގެ ފަރާތުން މޫސަ އެދިލެއްވީ މި ޕްރައިމަރީ ބޮޑު ޒުވާބަކަށް ނެހެއްދެވުމަށެވެ. އަދި މިއީ ޑިމޮކްރެޓިކް އިންތިހާބެއްގެ ގޮތުގައި ނިންމަވާލައްވައި، އެކުގައި 2023 އަށް މަސައްކަތްކުރެއްވުމަށް މޫސަ އެދިލެއްވިއެވެ.

