ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި ހެދި ސަރުކާރުގެ އާ އޮފީސް އިމާރާތަށް އުމަރު ޒާހިރުގެ ނަން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި އަލަށް ހެދި ސަރުކާރުގެ އޮފީސް އިމާރާތަށް ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ނަންފުޅުން ނަންދީފި އެވެ.

ހިއްކައިގެން ތަރައްގީކުރާ ހުޅުމާލޭގައި ހެދި އެންމެ ބޮޑު އޮފީސް ބިލްޑިންގ އަށް ކިޔަނީ އުމަރު ޒާހިރު އޮފީސް ބިލްޑިންގް އެވެ.

ހުޅުމާލޭގައި ހެދި ސަރުކާރުގެ އޮފީސް އިމާރާތަށް އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި އެ އޮފީސް އިމާރާތް މިހާރު ހުޅުވުމަށް އަމާޒު ހިފާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހަށެވެ.

ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.

ހަ ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑުންނެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހެދި މި އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންއަށް ބޭނުން ކުރުމަށެވެ. އަދި އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ ދެވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.

ގައުމީ ޚިދުމަތުގައި 50 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ އަދި ހުޅުމާލޭ ހިއްކައި ތަރައްގީކުރަން ފެށި އެންމެ އިސް މޭސްތިރިޔާ މަރުހޫމް އުމަރު ޒާހިރަކީ ގައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި، އެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެއްލެވުމާއި، އިޖުތިމާއީ އަދި ގައުމީ އެންމެހާ ކަންކަމުގައި ހަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްސިއްޔަތެކެވެ.

އުމަރު ޒާހިރު ފާހަގަވެފައި ވަނީ މާލޭ ސަރަޙައްދަށް ޒަމާނީ ތަރައްގީއާއި ކުރިއެރުން ގެނައުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ހިންގުންތެރި ބޭފުޅެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: