ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ޖަލްސާ ކުރުކޮށްލަން ޖެހޭފަދަ ސަލާމަތީ ނުރައްކަލެއް ނެތް: ފުލުހުން

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ ނިންމާލީ ސަލާމަތީ ނުރައްކަލެއް އޮވެގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ރައީސް ނަޝީދުގެ ޖަލްސާ ނިންމާލާފައިވަނީ ސަލާމަތީ ނުރައްކަލެއް އޮވެގެން ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާތީ އެވާހަކަ ދޮގުކޮށް ސިފައިން އަދި ފުލުހުން ބުނެފައިވަނީ ޖަލްސާ ކުރުކޮށްލަންޖެހޭ ފަދަ ސަލާމަތީ  ނުރައްކަލެއްގެ މައުލޫމާތު  ލިބިފައިނުވާ ކަމަށެވެ.

އެމްއެންޑީއެފް އިން ތިރުަށް ބުނެފައިވާ ގޮތުގައި ބައެއް ނޫސްތަކުން އެފަދަ މައުލޫމާތެއް ރިޕޯޓްކޮށްފައިވަނީ އެފަދަ ކަމެއް އުޅޭތޯ އެމްއެންޑީއެފް އިން މައުލޫމާތު އޮޅުންފިލުވުމަކާއި ނުލާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވުމަށްފަހު ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެވެ.

ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ދުވަސް ކައިރިވަމުންދާއިރު ދެބޭފުޅުންވެސް ގެންދަވަނީ ވާދަވެރި ކެމްޕޭނެއް ކުރައްވައި ބަހުގެ ހަމަލާ ބަދަލުކުރަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: