ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަކާތްތަކަށް ސަރުކާރުން އަންގައިގެން ފުލުހުން ހުރަސް އަޅައި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރޭ: އިދިކޮޅު ކޯލިޝަން

ޕީޕީއެމް، ޕީއެންސީން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ޕީއެންސީގެ ހަރަކާތްތަކަށް ސަރުކާރުން އަންގައިގެން ފުލުހުން ހުރަސް އަޅައި ޙަލާތައި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވަމުންދާ ކަމަށް އިދިކޮޅު ކޮންގުރެސް ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް، ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި 2023 ޖެނުއަރީ 26 ވީ ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމާއި ދެކޮޅު ހަދައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ޙަރަކާތަށް ސަރުކާރުން ހުރަސް އަޅާ، ފުލުހުން މެދުވެރިކޮށް ޙަރަކާތުގެ ބައިވެރިންނަށް ވަނީ އަނިޔާކޮށްފައެވެ. އަދި އެކަން ކުށްވެރި ކުރާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ރޭ މާލޭގައި ކުރިއަށް ގެންދިޔަ ޙަރަކާތަށް ހުރަސް އެޅުމުގެ ގޮތުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ އިތުރުން ޙަރަކާތުގެ ބައިވެރިންނާއި މެދު ވަރަށް އަނިޔާވެރިކޮށް ޢަމަލުކޮށްފައެވެ. އެގޮތުން ބައިވެރިންގެ ތެރެއަށާއި، ބައިވެރިންގެ ލޮލަށާއި އަނގައާއި ދިމާކޮށް ޕެޕަރ ސްޕްރޭ ޖެހުމާއި، ބައިވެރިންގެ ތެރެއިން މީހުން ހައްޔަރުކުރިއިރު، އެމީހުން ބިންމައްޗަށް ވައްޓާލާ އޮބިއެޅި މަންޒަރުތައްވެސް ފެނިގެން ގޮސްފައިވާ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސަރުކާރާއި ވާދަވެރިންގެ ހަރަކާތްތަކަށް ހުރަސް އަޅާ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމުގެ ޢަމަލުތައް ކުރަމުން ގެންދާ ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވަނީ  ދާދި ފަހުން އެމްޑީޕީން ކުރިއަށް ގެންދިޔަ ކެމްޕެއިން ޙަރަކާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވަނީ ޕީޕީއެމް ޕީއެންސީ ގެ ޙަރަކާތްތައް ހުއްޓުވައި އަޑު ކަނޑުވާލާނެ ފަދަ މޭރުމަކުން ވާހަކަ ދައްކަވާ އިންޒާރު ދެއްވާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ރައީސް ސާލިޙްގެ އެންގުމަށް ފުލުހުން ނުކުމެ ރައްޔިތުންނަށް އަނިޔާވެރިވެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާކުރުމާއި، ރައްޔިތުންގެ ލޮލަށާއި އަނގަޔަށް ޕެޕަރ ސްޕްރޭ ޖެހުމުގެ މި ޢަމަލުތައް ބަލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ހިޔުމަން ރައިޓްސް ކޮމިޝަން ފަދަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: