އަދާލަތު ޕާޓީއަށް މެމްބަރުން ހަމަ ނުކުރެވޭ ނަމަ، ޕާޓީ އުވާލުމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ގޮވާލައްވައިފިއެވެ.
ތާރިގު ބައްޕައަށް އެނގުމެއް ނެތި އަދާލަތު ޕާޓީއަށް ވައްދާފައިވާކަމާއިމެދު ނުރުހުން ފާޅުކުރައްވާ އެނާ ވިދާޅުވީ، ހުއްދަ ނެތި ޕާޓީއަށް ވައްދާފައިވާ މައްސަލަ ބެލުމަށް މިހާރު ވާނީ އެދިފައިކަމަށެވެ. އަދި އަދާލަތަށް މެމްބަރުން އިތުރު ކުރަމުންދަނީ މީހުންނަށް ނޭނގިތޯ ސުވާލު ކުރައްވާ ތާރިގު ވިދާޅުވީ، ފޯމުގައި ސޮއި ކުރި ފަރާތްތައް ހޯދައި ފިޔަވަޅު އަޅުއްވާނެކަމަށެވެ.
ދީނީ ނަން ބޭނުންކޮށްގެން ކޮންފަދަ ކަމެއްތޯ މިއީ. ޕާޓީއަށް މެންބަރުން ހަމަ ނުވަންޏާ އުވާލައްވާފައި، މައުލޫދު ކިޔާ ޖަމިއްޔާއެއް އުފައްދަވާ. @AdhaalathOffice @ShimranAb @FuadThaufeeq @ElectionsMv @IsmailHabeeb
— Ahmed Thariq (@AhmedThaariq) February 16, 2023
އަދާލަތު ޕާޓީގެ އިސްވެރިން ޓެގް ކުރައްވާފައިވާ ޕޯސްޓެއްގައި އެ ޕާޓީއަށް ފާޑުކިޔުން އަމާޒުކުރައްވައި ތާރިގު ސުވާލު ކުރެއްވީ، ”ދީނީ ނަން“ ބޭނުންކޮށްގެން އެ ޕާޓީއިން ކުރަމުންދާ މަސައްކަތްތަކާއިމެދުއެވެ. އަދި ސައްހަ ގޮތުގައި މެމްބަރުން އިތުރު ނުކުރެވޭ ނަމަ، ޕާޓީ އުވާލައި މައުލޫދު ކިޔާ ޖަމިއްޔާއެއް އުފެއްދެވުމަށް އިލްތިމާޒް ކުރައްވާކަމަށް ތާރިގު ވިދާޅުވިއެވެ.

