ރާއްޖެއިން ސައުދީއަށް ކަނޑައެޅިފައިވާ ސަފީރު މުހައްމަދު ހަލީލު އެނާއަށް ލިބިވަޑައިގެންނެވި ނޮން ރެސިޑެންޓު އެމްބަސަޑަރުގެ މަގާމުގެ ފަތްކޮޅު، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށް އަރުއްވައިފިއެވެ.
ހަލީލު އެނާގެ ލިޔެކިޔުންތައް ފަލަސްތީނުގެ ރައީސްގެ އަތްފުޅުމައްޗަށް އަރުއްވާފައިވާކަން ހިއްސާ ކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. މިނިސްޓަރުވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ހަލީލުގެ ބެއްލެވުމުގެ ދަށުން ރާއްޖެ އަދި ފަލަސްތީނު ދެމެދު އޮތް ވަރުގަދަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމާއިމެދު އެމަނިކުފާނު ޔަގީން ކުރައްވާކަމަށް ވިދާޅުވިއެވަ.
Warm congratulations to Mohamed Khaleel on presenting credentials to #Palestine President Mahmoud Abbas, as Non-Resident Ambassador of Maldives to Palestine.
I am confident that the strong ties that exist between 🇲🇻&🇵🇸 will continue to flourish during his tenure.@pmofa pic.twitter.com/mbcRhKzfcJ
— Abdulla Shahid (@abdulla_shahid) March 1, 2023
ޕަލަސްތީނުގެ ނޮން ރެސިޑެންޓު އެމްބެސަޑަރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވި، މުހައްމަދު ހަލީލަކީ، ދިވެހި ސަރުކާރަށް 1983 ވަނަ އަހަރުން ފެށިގެން ހިދުމަތްކުރައްވަމުން އަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖެ އަދި ބޭރު ގައުމުތާއި ދެމެދު ކުރެވިގެންދިޔަ ގިނަ މަސައްކަތްތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ސަރުކާރުގެ ޓްރޭޑް ސެންޓަރުގައިވެސް މަގާމެއް އަދާކުރައްވާފައިވާއިރު، ހަލީލަކީ ސައުދީއަށްވެސް ކަނޑައެޅިފައިވާ ސަފީރުއެވެ. މީގެ އިތުރުން އެނާ އޮމާން، ބަހްރެއިން، ޖޯޑަން އަދި ކުވައިތާއި ފަލަސްތީނުގެވެސް ނޮން ރެސިޑެންޓް އެމްބެސަޑަރެއްގެ މަގާމު އަދާކުރައްވައެވެ.

