ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް އުމްރާ ދަތުރެއް ލިބޭނެ ޕްރޮމޯޝަނެއް އަރބަންކޯ އިން ފަށައިފިއެވެ.
އަރބަންކޯގެ ޕޭ އެންޑް ވިން ޕްރޮގްރާމްގެ ދަށުން ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ނެގޭ ގުރުއަތުގައި ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.
ޕޭ ންޑް ވިންގައި ހުޅުމާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ހިމެނޭ ފްލެޓްތަކަށް ގަވާއިދުން ކުލި ދައްކަމުންދާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަށް އުމްރާ ދަތުރު ލިބޭއިރު އެ ގުރުއަތުލުން އޮންނާނީ ކޮންމެ ތިން މަހުން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރބަންކޯގެ ޕޭ އެންޑް ވިން ގައި ގަވާއިދުން ކުލި ދައްކާ އަދި އެއްވެސް ބިލެއް އޯވަރ ޑިއުވެފައިނުވާ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭނެެއެވެ.
ގަވާއިދުން ކުލި ދައްކަމުންދާ ބޭފުޅުންނަށް ހާއްސަކޮށް ހުޅުވާލެވޭ ލަކީ ޑްރޯ! ނަސީބުވެރި ދެފަރާތަކަށް އުމްރާ ދަތުރެއް ކާމިޔާބުކުރުމުގެ ފުރުސަތު! #Urbanco#UrbancoMv pic.twitter.com/Hw7ZsJNQUY
— Urbanco (@hdcmaldives) April 1, 2023
އަރބަންކޯއިން ފާހަކޮށްފައިވާ ގޮތުގައި ބައެއް ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ ކުލި ތަފާތު އެކި ސަބަބުތަކާ ހުރެ ނުދެއްްކުމުގެ ސަބަބުން އޯވަރޑިއު ވެފައިވެއެވެ. އެހެންކަމުން އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ އެފަދަ ލަކީޑްރޯއެއްގައި ހުރިހާ ފަރާތްތަކުންވެސް ބައިވެރި ކުރުމަށް ކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.
އަރބަންކޯ އިން ބުނީ 6 މަސްވަންދެން ގަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ޕޭ އެންޑް ވިން ގައި ބައިވެރިވެވޭނެ ކަމަށެވެ.
އަރބަންކޯގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ހޯދައިދީ ގަވާއިދުން ކުލި ދެއްކުމަށް ބާރު އެޅުމެވެ. އެހެންކަމުން އެކި ސަބަބުތަކާހުރެ ކުލި ނުދެއްކިފައިވާ ފަރާތްތަކަށް އެފައިސާ އެކި މަސްމަހަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް އަރބަންކޯއިން ވަނީ ފަހިކޮށްދީފައެވެ.

