ހުޅުމާލެއިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ޖުމްލަ 15 ބިމެއް ބިޑް ޕޯޓަލް މެދުވެރިކޮށް ގަތުމުގެ ފުރުސަތު އާބަންކޯ އިން ހުޅުވާލައިފިއެވެ.
އެއީ ބީޗްފްރަންޓުން 5 ބިމަކާއި، ބީޗްސައިޑް އިން 10 ބިމެކެވެ. ބީޗުފްރަންޓު ބިމެއްގެ ބޮޑުމިނަކީ 1،270.15 އާއި 1،803.28 އަކަފޫޓެވެ. ބީޗުސައިޑު ބިމެއްގެ ބޮޑު މިނަކީ 1،644.83 އާއި 2،338.67 އަކަފޫޓެވެ.
ބީލަން ހުށައެޅުމުގެ ޝަރުތުތަކަކީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމަށްވުމުން ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާންޖެހެއެވެ.
ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވާ މަރުހަލާތަކަކީ ޝައުގުވެރިވެލައްވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމާއި، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައަޅާފައިވާ ބިަމށް ބިޑުކުރުމެވެ. ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގެ އުސޫލުން ބިން ގައުމަށް ކުރިމަތިލުމަށް ޖަމަހިފައިވަނީ އޮންލައިކޯށެވެ.

