ކޮންމެ އަހަރެއްގެ ވެސް ރަމަޞާންމަހަށް ހާއްސަކޮށް އަރބަންކޯއިން ބާއްވަމުން އަންނަ ރޯދަ ވީލުން މިއަހަރު އޯޓިޒަމް ސެންޓަރގެ ކުދިންނަށް ހާއްސަކޮށް ބާއްވައިފިއެވެ.
މި ރޯދަވީއްލުންތަކަކީ އަރބަންކޯގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ ބަދަހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްކަމަށް އެ ކޯޕަރޭޝަން އިން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރުގެ ރޯދަވީއްލުން ހުޅުމާލޭގައި ހިންގަމުން އަންނަ އޯޓިޒްމް ސެންޓަރަށް ޚާއްސަކޮށްފައިވާއިރު، އަރބަންކޯއިން އިންތިޒާމުކުރި މި ރޯދަވީއްލުމުގައި އެ ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ 192 ކުދިންނާއި އެކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުން ވަނީ ދައުވަތުދީފައެއެވެ.
އިއްޔަ ސެންޓްރަލް ޕާކުގައ ބޭއްވި މި ރޯދަވީއްލުމުގެ ކުރިން މި ރޯދަވީއްލުމުގައި ބައިވެރިވި ކުދިންނަށް ޚާއްސަކޮށް ރޮބޯމޭންގެ ހަރަކާތްތައް ވެސް ކުރިއަށްގެންގޮސްފައިވެއެވެ.
މި ހިނގާ އޭޕްރިލް މަހަކީ އިންޓަނޭޝަނަލް އޯޓިޒަމް އެވެއަރނެސް މަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ މަސްކަން ފާހަގަކޮށް އާބަންކޯއިން ބުނެފައިވަނީ، މި ރޯދަވީއްލުން އޯޓިޒަމް ސެންޓަރަށް ޚާއްސަކުރީ މި މަސް ފާހަގަކުރުމަށް އަރބަންކޯގެ ފަރާތުން ބޭއްވޭ ހަރަކާތެއްގެ ގޮތުގައިކަމަށެވެ.

