ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް، ރައީސްގެ ހުވާ ކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސްގެ ހުވާކުރެއްވި މައްސަލައާއި ބެހޭ ގަރާރު މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ހުށަހަޅުއްވައިފިއެވެ.

2018 ވަނަ އަހަރު އިންތިހާބު ކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރިވި ހާލަތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން އެފަދަ ހާލަތެއް މެދުވެރިވާ ވާހަކަ ދެންނެވުމުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު، ފަތިސް ގަޑިއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް އެމަނިކުފާނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ގާނޫނު އަސާސީގެ ޖަލުވަލު1 ގައި ވާ ހުވާ ކުރެއްވި މައްސަލައިގައި އުފެދިފައިވާ ދުސްތޫރީ މައްސަލައިގެ ގަރާރު ހުށަހެޅީ އެމައްސަލައަށް ސާފު ހައްލެއް އަންނަންޖެހޭ ކަމަށް ފެންނާތީވެ ކަމަށް ތާރިގް ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ނައިބުރައީސްގެ މަސްއޫލިއްޔަތުގެ ތެރޭގައި ނައިބުރައީސްއަށް ރައީސްގެ ހުވާ ކުރެވޭނެ ހަމައެކަނި ހާލަތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް ހުސްވުން ކަމަށް ބުނެފައިވާ ކަމަށް ތާރިގް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 126 ވަނަ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވާ ކޮންމެ މީހަކުމެ. ޖަދުވަލު1 ގައިވާ ހުވާ ކުރަންވާނެއެވެ. 123 ވަނަ މާއްދާގައިވެސް އަދި ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މާއްދާ އާއި ބެހޭ ހަވާލު ކުރެވޭ ޒިންމާތަަކަކީ 117 ވަނަ މާއްދާ.

ރައީސުލްޖުމްހޫރިއްޔާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ދެބޭފުޅުންނަކީ އެއް ވޯޓް ކަރުދާހަކުން އެއްފަހަރާ އިންތިހާބު ކުރާ ދެމަގާމް. ދެމަގާމްގައި ވެސް ގާނޫނު އަސާސީގައި މިއޮންނަނީ ޖަދުވަލު 1 ގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާ، އަދި ޖަދުވަލު 1 ގައި ދެން މިއޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުވާ. މިދެހުވާ ގައިވެސް މާބޮޑު ތަފާތެއް ނޯވޭ. އަދި ދެހުވާ ކުރަންވެސް ގާނޫނު އަސާސީގައި މަތިކޮށްފައި އޮންނަނީ، އިންތިހާބު ވެގެންއަންނަ ފުރަތަމަ ހުވާ ކުރަންވާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އިންތިޒާމްކޮށްގެން އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިފުޅު މަތީގައި. އޭގެފަހުން ގާނޫނު އަސާސީގައި މިދެންނެވި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ ޒިންމާތަކުގެ ތެރޭގައި މި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައީސުލްޖުމްހޫރިއްޔާ ހަވާލްކުރާ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރަންވާނެ ކަމަށް. އަދި އޭގެ ށ ގައި މިއޮންނަނީ އެއްވެސް ސަބަބަކާހުރެ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެ ނަމަ ރައީސްގެ މަސްއޫލިއްޔަތުތައް، މިތާކު ނޯވެ މަގާމްގެ ވާހަކައެއް. ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ނައިބު ރައީސްއެވެ.

ތާރިގް ވިދާޅުވީ ގާނޫނު އަސާސީގައި ވެސް ރައީސްގެ މަސްއޫލިއްޔަތާއި ވަގުތީ ގޮތުން ހަވާލުވާއިރު މަގާމާއި ހަވާލުވާ ވާހަކަ ގާނޫނު އަސާސީގައި ވެސް ނުހިމެނޭ ކަމަށެވެ.

ގާނޫނު އަސާސީގައި ހުރި މައްސަލަތަކުގެ ތެރޭގައި އެވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފެންނަ ގޮތަށް ނުވަތަ އެވަގުތެއްގައި ހުންނަ އުއްތަމަ ފަނޑިޔާރަށް ފެންނަ ގޮތަކަށް ކަންތައްތައް ކުރީމާ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ތާރިގް ވިދާޅުވިއެވެ.

މިއަދު އަދި ގާނޫނު އަސާސީ ތަސްދީގު ކުރިފަހުން މިވީ 14 ވަރަކަށް އަހަރު. މިއުޅެނީ ބޮޑެތި ހިލާފީ މައްސަލަތައް އުފެދިގެން. އަޅުގަނޑު މިދިރާސާ ކުރިއިރު ހަމައެކަނި ގާނޫނު އަސާސީގައި މިހާރު މިލިޔެފައި ހުރި އެއްޗެއް ނޫން ކީކީ. ގާނޫނު އަސާސީގައި ހާއްސަކޮށް 2007 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2008 ވަނަ އަަހަރުގެ ޖުލައި މަހާ ދޭތެރޭގައި ގާނޫނު އަސާސީގައި އިސްލާހު ކުރަމުންދިޔަ ހާއްސަ މަޖިލީހުގެ ޑްރާފްޓިންގ ކޮމިޓީގެ އެތައް ޔައުމިއްޔާއެއް އަޅުގަނޑު ކިޔައިފިން. އަދި ހާއްސަ މަޖިލީހުގެ 2007 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން 2008 ވަނަ އަހަރުގެ މެދުތެރެއާ ހިސާބަށް ހާއްސަ މަޖިލީހުގެ ބަހުސްގައި ހާއްސަކޮށް ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާބާއި ބެހޭ ހުރިހާ މާއްދާ އެއް ހިމެނޭ އެ ޔައުމިއްޔާތައް އަޅުގަނޑު ކިޔައިފިން. ގާނޫނު އަސާސީގެ ޑްރާފްޓިންގ ކޮމިޓީގައި އިންނެވި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ބަސްފުޅުތައް އެބަހުރި ތަފްސީލުކޮށް ގާނޫނު އަސާސީގެ މިދެންނެވި ޑްރާފްޓިންގ ކޮމިޓީގައި.

ތާރިގް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ހިސާބުން ނައިބު ރައީސް، ރައީސްގެ ހުވާ ކުރަންޖެހޭ ވާހަކަ ގާނޫނު އަސާސީ ޑްރާފްޓް ކުރި  މަޖިލީހުގައި ވެސް ދެކެވިފައިނުވާ ކަމަށެވެ. ސަބަބަކީ ރައީސް އާއި ނައިބު ރައީސް އަކީ ހުވައެއް ކޮށްގެން ތިބި ބަޔަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: