ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނާއި ހިލާފުވުމުން ދެން ވާނެ ގޮތް ގާނޫނު އަސާސީގައި ނެތުމަކީ މައްސަލައެއް: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ހިލާފުވުމުން ދެން ވާނެ ގޮތް ގާނޫނު އަސާސީގައި ނެތުމަކީ މައްސަލައެއްކަމަށް ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަޙުމަދު އާމިރު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރު އިންތިހާބުކުރެވުނު ރައީސުލްޖުމްހުރިއްޔާގެ ނައިބު، ރައީސުލްޖުމްހުރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހުރިއްޔާގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، 2018 ވަނަ އަހަރު އިންތިހާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހުރިއްޔާ އަލުން މަގާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުން ބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލާ، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސްކުރުމުގެ ފުރުސަތުގައި ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ ގާނޫނު އަސާސީ އެއް އޮތް ނަމަވެސް، އެއާއި އެއްގޮތަށް އަމަލުނުކުރާކަމަށެވެ.

މި ގާނޫނު އަސާސީގައި އޮތް ބަލައިނުގަނެވޭކަމެއްގެ ގޮތުގައި އާމިރު ފާހަގަކުރެއްވީ ގާނޫނު އަސާސީ އާއި ހިލާފުވުމުން ވާނެ ގޮތުގެ ވާހަކަ ގާނޫނު އަސާސީގައި ބަޔާންކޮށްފައި ނެތުމެވެ. ދިވެހި ދައުލަތުގެ ނިޝާންވެސް ގާނޫނު އަސާސީގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

284 ވަނަ މާއްދާއަށް ވަރަށް ސާފުކޮށް އެބަ ބުނޭ، އިންތިގާލީ މަރުހަލާގައި އޮތް ސްޕްރީމް ކޯޓުގެ ގޮތުގައި ދެމި އޮންނާނޭ. އެހެން ނަމަވެސް އެޔަށްވެސް އަޅުގަނޑުމެން ދިޔައީ ގޮތްތަކެއް ނިންމުމަށް ތަފާތު ގޮތް ގޮތަށް މަސައްކަތްކުރަމުން. އަދި ހަމައެއާއިއެކު ހަމަ މި ގާނޫނު އަސާސީގައި ވަރަށް ސާފު ބަހުން ބަޔާންކުރެވިފައިވޭ 294 ވަނަ މާއްދާގައިވެސް އޭރުގެ އިންތިގާލީ މަރުހަލާގައި އޮތް މަޖިލީސް އެގޮތުގައި ދެމި އޮންނާނޭ. އެހެން ނަމަވެސް އެ މައްސަލަވެސް ސްޕްރީމް ކޯޓާ ހަމައިން ނިމިގެން ދިޔައީ އެހެން ގޮތަކަށް.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެތައްކަމެއް ނުވެ އެބައޮތްކަމަށާއި، އެހެންކަމުން ގާނޫނު އަސާސީގައި ހުރި ކަންކަން ބަދަލުކުރަންޖެހޭކަމަށާއި، އަދި ގާނޫނު އަސާސީއަކީ ބަދަކުރެވޭނެ އެއްޗެއްކަމަށް އާމިރު ވިދާޅުވިއެވެ.

ރައީސްކަމުގެ ހުވާ ނައިބު ރައީސް ކުރިއިރުވެސް އެކަން ކުރަން އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތިން ކުރިނަމަ މިހާރު މިއޮތްފަދަ މައްސަލަތައް ފެންމަތިނުވާނެކަމަށް އާމިރު ވިދާޅުވިއެވެ. މި މައްސަލައިގައި މަޖިލީހުން ފާސްކޮށްގެން ސްޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް އާމިރު ގޮވާލިއެވެ. މިފަދަ މައްސަލަތަް ގާނޫނު އަސާސީއިން މަތިކޮށްފައިވަނީ ސްޕްރީމް ކޯޓާއިކަން އާމިރު ފާހަގަކުރިއެވެ. އޭރުން މިކަމާއި ގުޅޭ ސައްހަ މައުލޫމާތުތައް އެނގިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނެވީ ކާކުކަން ކަށަވަރުކުރުމަށްޓަކައި އާއި، ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއަކީ ފައިސަލް ނަސީމްކަމުގައި ކަނޑައަޅައިދިނުމަށް އެދި ސްޕްރީމް ކޯޓަށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން މައްސަލައެއްވެސް ހުށައެޅިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: