ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑިންމަ މުވައްޒަފުގެ މަރުގެ މައްސަލަ މަޖިލީހަށް

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ކަނޑިންމަ މޯލްޑިވްސް ރިސޯޓުގެ މުވައްޒަފަކު މަރުވުމުން އެކަމާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރި އުމުރުން 60 އަހަރުގެ މިމީހާ ނިޔާވީ ހާލުބޮޑުވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުން މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްކަން އެންގިފައިވަނީ މަރުވުމުގެ ފަހުން ހެދި ޓެސްޓުންނެވެ.

މިމީހާ ކޮވިޑް ބަލީގައި ނިޔާވުމުގައި ރިޒޯޓުގެ އިޙުމާލްތައް އޮތްކަމަށް ނިޔާވި މީހާގެ އާއިލާއިންވެސް ދަނީ ބުނަމުންނެވެ.

އެ މަރާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާގައި 2021 ގެ ބަޖެޓު ހުށަހަޅަމުން ދާތީ ކުއްލި މައްސަލަ މިއަދަށް އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: