ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް މަސްވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅައިފި

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މަސްވެރިކަމުގެ  ސިޔާސަތާ ދެކޮޅަށް ވާހަކަ ދެއްކުން ހުއްޓައި އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް އަދި ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް ގޮވާލާ ގަރާރެއް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ހުށަހަޅައިފިއެވެ.

ގަރާރު ހުށަހަޅަމުން ފިރުޝާން ވިދާޅުވީ 2007 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައި މަސްކިލޯއެއް ގަނެފައިވަނީ ފަސްރުފިޔާ އާއި ލާރިކޮޅަކަށެވެ.

2008 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މަސްކިލޯއެއް ގަނެފައި ހުރީ 28 ރުފިޔާ އާއި 35 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ކަމަށް ފިރުޝާން ވިދާޅުވިއެވެ. އަދި 2012 ގައި ބަޣާވާތަށް ފަހު މަސްކިލޯއެއްގެ އަގު ހުރީ 22 ރުފިޔާ އަށް ކަމަށް ފިރުޝާން ވިދާޅުވިއެވެ.

2013 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި މަސްކިލޯއެއް ގަތީ 20 ރުފިޔާ އަށް ކަމަށް ފިރުޝާން ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދޭނެ ކަމަށް ބުނެ އައި މި ސަރުކާރުގައި މަސްކިލޯއެއްގެ އަގު ހުރީ 17 ރުފިޔާ އަށް ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ރައީސް މައުމޫނުގެ ސަރުކާރު ފިޔަވައި އެހެން ހުރިހާ ސަރުކާރުތަކަށް ވުރެ އަގުދަށް މި ސަރުކާރުގެ މަސް ގަތުމުގެ އަގު. ރާއްޖޭގެ މަސްވެރިންނަށް އަޅާލެވިފައި މަސްވެރިންނަށް ހަމައަގު ހޯދައިދެވިފައި އޮތް ހަމަ އެކަނި ސަރުކާރަކަށް އަޅުގަނޑަށް ސްޓެޓިސްޓިކްސް އިން ފެންނަން އޮތީ ރައީސް ނަޝީދުގެ އެ ސަރުކާރުގެ ތިން އަހަރުގެ މަދު ދުވަސްކޮޅު.

2008 ވަނަ އަހަރުގެ ތަޖުރިބާ އަށް ބަލައި 2018 ވަނަ އަހަރު ރާއްޖެއަށް އެކުރީގެ ހެޔޮ ބަދަލު އިއާދަ ކުރުމަށް އެމްޑީޕީ އިސްވެ އޮވެ މެނިފެސްޓޯ އެއް ތައްޔާރުކުރި. އަދި އެމެނިފެސްޓޯގައި ފުޅާދާއިރާއެއްގައި މަސްވެރިންގެ ވާހަކަ މަސްވެރިންނަށް ދިމާވާ ކަންތައްތަކުގެ ވާހަކަ، މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ވާހަކަ ފުޅާދާއިރާއެއްގައި ހިމެނިގެންދިޔަ. އެގޮތުން އެމްޑީޕީ ދެކުނީ ދިވެހި  އިގްތިސާދު ފުޅާކުރެވޭނީ އަދި ވަރުގަދަ ކުރެވޭނީ، ހަރުދަނާ ކުރެވޭނީ މަސްވެރިކަމުގެ ސިނާއަތުގެ ހިއްސާ ބޮޑުކޮށްގެން ކަމަށް. ދިވެހިން އެދުނީ މަސްވެރިކަމުގެ ސިނާއަތުގެ ބޮޑު ހިއްސާއެއް އުފެއްދުންތެރިކަން އިތުރުކޮށް ޒަމާނުއްސުރެ ވާރުތަވަމުންއައި ހުނަރާއި މަސައްކަތާއި އަދި އެމީހުންގެ އާއިލާތަކަށް އެއާއިލާތަކުން ކުރަމުން އައި މަސައްކަތުގެ ހެޔޮ ނަތީޖާ ތިޔާގިކަން އިތުރުކުރުމަށް މަސްވެރިކަމުގެ ސިނާއަތުގެ ނަފާ ބޮޑުކުރުމަށް.

ފިރުޝާން ވިދާޅުވީ މަސްވެރިކަމުގެ ނަފާ ފުޅާ ދާއިރާއެއްގައި ހާސިލްކުރުމަށް ރައްޔިތުން އެދެމުންދިޔައީ ފޮނި އުއްމީދުތަކާއެކުއެވެ. އެގޮތުން މިސަރުކާރު ވެރިކަމާ ހަވާލްވުމާއެކު އެންމެނަށްވެސް ގަބޫލުކުރެވިގެންދިޔައީ މަސްވެރިކަމުގެ ހެޔޮ ފައިދާ ސިނާއަތުގެ އެންމެނަށް ލިބިގެންދާނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ. އަދި ހަމައެހެންމެ މަހަށް ހަމައަގު ލިބޭނެ ކަމަށް ރައްޔިތުން ގަބޫލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ މައިގަނޑު ފަސްކަމެއް ކަމަށެވެ.

މެދުވެރިއެއް ނެތި މަސްވެރިންނަށް މަސް ބޭރުގެ ފަރާތްތަކަށް ވިއްކޭނެ މަގު ހުޅުވާލުން.

ދިވެހި މަސްވެރިން ބާނާމަސް، އެވެރިން މަސްބާނާ ދޯނިފަހަރުގައި ސީދާ ބޭރުގެ މާރުކޭޓަށް، ސިލޯނު ފަދަ މާރުކޭޓަށް ވިއްކޭނެ ނިޒާމެއް ގާއިމްކުރުން.

ދުރަށް ދުއްވައިގެން ކުރާ ދަތުރުތައް ދެކޮޅު ޖެއްސުމަށްޓަކައި އާއްމުކޮށް މަސްވެރިކަން ކުރާ ސަރަހައްދުތައް ފާހަގަކޮށް އޮފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމްކުރުން.

ރަށްރަށުގައާއި ގޭތެރޭގައި ވެސް ކުދި މަސްޕްލާންޓްތައް ހަދައި ހިންގޭނެފަދަ ހަމަތައް ތައާރަފްކުރުން.

މަސްވެރިކަން ހީނަރުވުމަށް ދިމާވެފައިވާ އެން ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެން ފެކްޓްރީ ގާއިމްކޮށް އެންވެރިކަން އާލާކުރުމުގެ މަސައްކަތް ފެށުން.

ފިރުޝާން ވިދާޅުވީ އެފަސް ކަމަކީ ނޫއިގްތިސާދުގެ ދަށުން ކުރާނެ ކަމަށް ވައުދުވެ މެނިފެސްޓޯގައި ހިމެނޭ ވާހަކަތައް ކަމަށެވެ.

މިއަދު ސަރުކާރުގެ ދައުރު ނިމިގެންދާއިރު މަސްވެރިންނަށް ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ފަސްކަމުގެ ތެރެއިން އެއްކަމެއްވެސް ކޮށްފައިނުވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: