ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޝަރީޒް މިނިސްޓަރު މަޖިލީހުގައި ވާހަކަ ދައްކަވަނީ ގާސިމްގެ މަސް ކުންފުނީގެ ދިފާއުގައި: ފިރުޝާން

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖެއް އަޅަން މީގެ 17 އަހަރު ކުރިން، ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގައި އެ މަސައްކަތް ނުކޮށް އޮތް ސަބަބާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަ ދެއްކެވީ އެ ކުންފުނީގެ ދިފާއުގައި ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ގދ. ހޯނޑެއްދޫގެ މަސް ފެކްޓަރީ އޮޕަރޭޝަނާއި ގުޅޭގޮތުން މަޖިލީހުގައި މިނިސްޓަރާއި ފިރުޝާން އެކި ފަހަރު މަތީން ސުވާލު ކުރައްވާފައި ވެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިއްސާވާ، ހޮރައިޒަން ފިޝަރީޒަށް ،ހޯޑެއްދޫގައި މަސް ފެކްޓަރީ ހަދަން ހަވާލު ކުރީ 2005 ގަ އެވެ. އަދި ތަނުގައި ކޯލްޑް ސްޓޯރޭޖް ހަދައި މަސައްކަތް ފެށިތާ 16 އަހަރު ވީއިރު ވެސް ފެކްޓްރީ އޮޕަރެޝަނަށް ނުގެނެވި އޮތުމުން ގދ. އަތޮޅު ކައުންސިލުން ދަނީ ކަންބޮޑުވުން ފާޅުކޮށް އެއްބަސްވުން ބާތިލު ކުރުމަށް ގޮވާލަމުންނެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލުގައި ފިރުޝާން ސުވާލު ކުރެއްވީ ހޯޑެއްދޫގައި ހޮރައިޒަން އިން ހަދަން ފަށާފައިވާ މަސް ފެކްޓްރީ ނިންމަން ދީފައިވާ މުހުލަތަކީ ކޮބައިތޯއެވެ. އެ މަސައްކަތް ނުނިމި 17 އަހަރު ވީ އިރު މިނިސްޓްރީން އެޅި ފިޔަވަޅަކީ ކޮބައިތޯ ވެސް މެމްބަރު ސުވާލުކުރެއްވިއެވެ.

އެ ސުވާލުތަކަށް ދެއްވި ޖަވާބުގައި މިއަދު ވެސް މިނިސްޓަރު ދެއްވީ ހޮރައިޒަންއަށް ކުރިމަތިވި ގޮންޖެހުންތަކުގެ ތަފްސީލެވެ. ހޮރައިޒަންއާ ހަވާލާ ދެއްވައި އެ ތަފްސީލު ދެއްވި އިރު އެކަމުގައި ހޮރައިޒަން ފިޝަރީޒްގެ މައްސަލައެއް އޮތް ކަމަށް ނުވުމުން، މެމްބަރު ފިރުޝާން ދެވަނަ ފުރުސަތެއް ހޯއްދަވައި، ތުހުމަތު ކުރެއްވީ މިނިސްޓަރު ދިފާއުކުރައްވަނީ ހޮރައިޒަން ކަމަށެވެ.

އެ މަސައްކަތް ފުރަތަމަ ފަހަރު ލަސްވި ސަބަބެއްކަމަސް މިނިސްޓަރު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވާތީ އާއި ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމުންނެވެ. އެހެންވެ ހޮރައިޒަން އިން އިތުރު ވަގުތު ދޭން އެދުމުން، 2006 ގައި ނިންމަން ޖެހޭ އެ މަސައްކަތް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދީފައި އޮތީ ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމެވެ. އެފަހަރު ހޮރައިޒަން އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވީ ވެލިފުނި ނުނެގޭތީ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަަމަށެވެ.

“އިއްޒަތްތެރި ވަޒީރަށް މިތަނުގައި ޖަވާބެއް ނުދެއްވޭނެ އެ ކުންފުނީގެ ފަރާތުންނެއް. ވަޒީރެއްގެ ހައިސިއްޔަތުން އިއްޒަތްތެރި ވަޒީރު މިތަނުގައި ޖަވާބު ދެއްވަން ވާނީ،” ފިރުޝާން 

އޭނާ ވިދާޅުވީ ޑރ. ހުސައިން އަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވާ ވަޒީރެއްތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ކަމަށެވެ.

ކޯލްޑް ސްޓޯރޭޖް އޮޕަރޭޝަނަށް ނުގެނެވި، ދިގުލައިގެން ގޮސް މަސްވެރިން އިހުތިޖާޖުކޮށް، ރަށު ކައުންސިލުން އެކަމާއި ދެކޮޅަށް އަޑުއުފުލައި ހަދާއިރު އެ މައްސަލައިގައި ހޮރައިޒަންއިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: