ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

50 ކޮތަޅުގެ ބޮނޑިން ފީ ނެގުން ހުއްޓާލައިފިނަމަ، ކޮތަޅު މަދެއް ނުވާނެ: ފިރުޝާން

މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

50 ކޮތަޅުގެ ބޮނޑިން ފީ ނެގުން ހުއްޓާލައިފިނަމަ، ކޮތަޅު މަދެއް ނުވާނެކަމަށް މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ފިރުޝާން ވިދާޅުވީ މި ބިލް 32 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށްގެން ކޮތަޅުގެ މައްސަލަ ހައްލުވާނެކަމަށް ސަރުކާރުން ދެކޭކަމަށާއި، ނަމަވެސް އެހެން އެކަން ނުވާނެކަމަށް ފިރުޝާން ވިދާޅުވިއެވެ. ބިލުގެ މަގްސަދަކީ ޕްރާސްޓިކް ކޮތަޅު މަދުކުރުންކަމަށާއި، އަދި ސަރުކާރުގެ ސިޔާސަތަކީވެސް އެއީކަމަށް ފިރުޝާން ވިދާޅުވިއެވެ.

މި ބިލުގައި ހުށައަޅާފައި އޮތީ ޕްލާސްޓިކް މަދުކުރެވޭނެ މެކޭނިޒަމްއެއްކަމަށާއި، އެގޮތުން ފީނެގުމަށް ނިންމި ނަމަވެސް އެންމެ ފުރަތަމަ ސަރުކާރުން ބިލު ހުށައެޅިއިރު ނެތްކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ޑަބަލްކޮށް ޓެކްސް ނެގޭނެކަމާއި، އެކަމުން ސަލާމަތްވާން ކުރެވޭނެކަމެއްކަމަށެވެ.

މި ބިލު ކޮމިޓީގައި ދިރާސާ ކުރަމުން ގެންދިޔައިރު، މިކަން ފާހަގަވެގެން އަޅުގަނޑުމެން ވާނެ ޖީއެސްޓީ ނެގުމުގެ ގާނޫނާއި، ޖީއެސްޓީ އިދާރީ ގާނޫނު މި ބިލަށް ބައިން ކޮށްފަ. ސާފުކޮށް ބިލްގައި ލިއުނިން މި ގާނޫނު ކިޔާއިރު، މި ދެންނެވި ދެ ގާނޫނާއި އެއްކޮށް ކިޔާށޭ.

މި ބިލު ކޮމިޓީގައި ދިރާސާ ކުރަމުން ގެންދިޔައިރު އެކަން ފާހަގަކުރެވިގެން ޖީއެސްޓީ ނެގުމުގެ ގާނޫނާއި، ޖީއެސްޓީ އިދާރީ ގާނޫނު މި ބިލަށް ބައިން ކޮށްފައިވާނެކަމަށާއި، ކުނި މެނޭޖުކުރުމުގެ ބިލު ކިޔާއިރު، އެ ދެ ގާނޫނު ކިޔުމުން ޑަބަލް ޓެކްސްގެ މައްސަލައަށް ހައްލު ލިބެނެކަމަށް ފިރުޝާން ވިދާޅުވިއެވެ. މި ބިލުގެ ތެރެއިން ޑަބަލްކޮށް ޓެކްސް ނެގޭނެ މެކޭނިޒަމްއެއް މީރާއަށް އުފެއްދިދާނެކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

މިހާރު ހުށައަޅާފައިވާ ވާ ގޮތަށް ކޮންމެ 50 ކޮތަޅުގެ ބޮނޑިއަކަށް ފީ ނެގުން ހުއްޓާލައިފިނަމަ، ކޮތަޅު މަދެއް ނުވާނެކަމަށާއި ބިލްގެ މަގްސަދު ހާސިލްނުވާނެކަމަށް ފިރުޝާން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: