ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮމުގެ ހަމަލާގެ ކަންކަން ބެލިފައިނުވުމުން ރައީސް ސާލިހުގެ ތެދުވެރިކަމާއިމެދު ސުވާލު އުފެދޭ: ވައްޑެ

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ހަރަކާތެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ބެލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިހުމާލުތަކެއްވެވަޑައިގެންފައިވާކަމަށް ފާހަގަކުރައްވާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި ބޮޑެތި ބައިބައިވުންތައް އުފެދި، ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރައްވާ ބައެއް އާންމު ފަރާތްތަކުންވަނީ އެމަނިކުފާނަށް ދިން ހަމަލާގެ ފަހަތުގައި ރައީސް ސާލިހު ފެކްޝަންގެ އަތެއް ވާކަމަަށް ސިފަކޮށްފައެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން ފުރަނާއަށް ނުރައްކާވެ އެތައް ވޭންތަކެއް ތަހައްމަލުކުރަންޖެހުނުތާ ދެ އަހަރުވެފައިވާކަމަށް ވަހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މީގެ ދެ އަހަރު ކުރިން މަޖީދީ މަހުގައި ގޮއްވާލި ބޮމުގެ ނުރައްކާތެރި ހަމަލާގެ ފުރިހަމަ ތަހުގީގެއް ރައީސް ސާލިހުގެ ސަރުކާރަށް ހިންގިފައިނުވާކަމަށެވެ.

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުންވަނީ އެކަމުގެ ވަށައިގެންވާ ކަންކަން ދެނެގަތުމުގައި ފަރުވާކުޑަގޮތަކަށް އަމަލުކޮށްފައިކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ރައީސް ސާލިހުގެ ތެދުވެރިކަމާއިމެދު ސުވާލު އުފެއްދޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް ބޭނުންވުމުގެ ސަބަބުން އެމަނިކުފާނު ބޭރަށް ފުރުވާލިއެވެ. މައްސަލައިގެ ތަހުގީގުގައި ގިނަ ދުވަސްތަކެއް ވެފައިވާނަމަވެސް، އެކަށީގެންވާ މިންވަރަކަށް މައްސަލަ ބަލައި އެކަމުގެ ފަހަތުގައިވާ ކަންކަން ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: