ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދުވަހަކުވެސް އިހްތިރާމެއް ނުކުރާނަން: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދުވަހަކުވެސް އިހްތިރާމް ނުކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ބެހޭ ގޮތުން ރޮޒެއިނާ ކުރި ޓްވީޓްތަކަކަށް ރައްދުދީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ރައްދުދެއްވައި ކުރި ޓްވީޓްގައި ދިވެހި ގައުމަށް ނުވަތަ އެމްޑީޕީއަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން ރޮޒެއިނާ އާއި އޭނާގެ އާއިލާ މީހެއްގެ ހަށިގަނޑަށް، ޖިސްމަށް ލަކުނެއްހާ ކަންފުލެއް ވެސް އަރާފައި ނުވާނެ ކަމަށް ވަނީ ބުނެފައެވެ.

އިމްތިޔާޒް ވިދާޅުވީ އެދަރަޖައަށް ހަޔާތް ގެއްލުމުން އެނގެނީ އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެމްޑީޕީ ގެންގޮސް ވައްޓާލަން ބޭނުންވި ހިސާބު ކަމަށެވެ.

އިމްތިޔާޒްގެ އެ ޓްވީޓަށް ރައްދުދީ ރޮޒެއިނާ ވިދާޅުވީ  އިހްތިރާމަކީ ހޯދާ އެއްޗެއް ކަމަށެވެ. ރޮޒެއިނާ އަށް އިހްތިރާމް ނުކުރާ މީހާކަށް އޭނާވެސް އިހްތިރާމް ނުކުރާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެގޮތުން އޭނާ އަށް ނިސްބަތްކޮށް ރައީސް ނަޝީދު ވަނީ ދޮގުތަކެއް ފަތުރާފައި ކަމަށެވެ. އަދި އެ ހުރިހާ ދޮގުތަކަށް ފަހުގައި ރައީސް ނަޝީދަށް އިހްތިރާމް ކުރާނެ ކަމަށް އުއްމީދު ކުރައްވަންތޯ ވިދާޅުވެ ސުވާލު ކުރައްވާފައިވެއެވެ.

 މަށޭ ކިޔައިގެން ތިހިރަ ފަތުރާލިހާ ދޮގުތަކަށް ފަހު އޭނާ ( ރައީސް ނަޝީދު ) އަށް އިހްތިރާމް ކުރާނެ ކަމަށް އުއްމީދު ކުރަނީތަ؟ ހަނދާން ނައްތާލާ. ދުވަހަކުވެސް ނުވާނެ:  ރޮޒެއިނާ

ރޮޒެއިނާ އަކީ ރައީސް ސާލިހްގެ ފެކްޝަންގައި ހިމެނޭ އެމަނިކުފާނު ދިފާއު ކުރައްވާ މެމްބަރެކެވެ.

ރައީސް ސާލިހްގެ ފެކްޝަންގެ ބޭފުޅުންނާއި ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުންމެ މެދުގައި ދަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: