ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއް ހަމަލާ މައްސަލައިގެ ޝަރީއަތް އޮގަސްޓު މަހު ނިންމަނީ

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޕޮލިހުން ހިންގި އޮޕަރޭޝަންގައި މީހަކު ހައްުޔަރު ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ކުރިޔަށް ގެންދާ މީހުންގެ އަޑުއެހުންތައް އޮގަސްޓު މަހު ނިންމަން ތާވަލުކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް ނަޝީދަށް ފާރަލަމުން ގޮސް 2021، މޭއި 06 ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށް ކުރެވެ އެވެ. ހަމަލާ ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވީކަމުގެ ތުހުމަތައް ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގއ. ކޮނޑޭ، ފޮޅޭމާ/ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަލީ އާއި، އއ. މާޅޮސް، އައްސޭރިގޭ/ މުހައްމަދު ނާޒިމްގެ އިތުރުން ނ. މަނަދޫ/ ނޫރީގޭ އަލީ ހައިޝަމެވެ.

މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ގޮތުން ދެ ފަރާތުން އިފްތިތާހީ ބަޔާން ހުށަހަޅާފައި ވެއެވެ. އަދި އެ މައްސަލަ ބައްލަވާ ގާޒީ، ސޮފްއަތު ހަބީބު ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް އަޑުއެހުންތައް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް ދެ ފަރާތާއި ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެ ތާވަލުގައި ވަނީ އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އަޑުއެހުންތައް ނިންމާލުމަށެވެ.

އިތުރު މައްސަލަތަކެއް، ދިމާނުވާނަމަ އަދި ޝެޑިއުލްއަށް އެއްވެސް ބަދަލެއް ނާންނަނަމަ އަމާޒު ކުރާ ތާރީހަށް ޝަރީއަތް ނިންމާލެވޭނެކަމަށް ގާޒީ ވިދާޅުވި އެވެ. މައްސަލަ ލަސްވުމުގެ ފުރުސަތު އޮތީ ގާޒީ ވިދާޅުވި ގޮތުގައި، ހެކިން ހާޒިރު ކުރުމުގައި ލަސްތަކެއް ވާނަމަ އެވެ. ގާޒީ ސޮފްއަތު ވިދާޅުވީ ބޮމުގެ ހަމަލާގެ ތުހުމަތަށް ދައުވާތައް އުފުލާފައިވާ މީހުންގެ ޝަރީއަތްތައް އަވަސް އަވަހަށް ބާއްވައި ހުކުމަކާއި ހަމައަށް ދިއުމަށް ގަސްތު ކުރައްވާ ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ހެކި ބަސް ނެގުމުގެ މަރުހަލާ އެވެ.

އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވަނީ ގިނަ ދުވަސްތަކެއް ފަހުންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ދިގުލައިގެން ދާތީ އާއި، އަޑުއެހުންތައް ތާވަލު ނުކުރާތީ އެކަމާއި މެދު އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: