ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިންގެ ޝަރީއަތް ލައިވް ނުކުރާ މައްސަލަ ބަލަން ޖެހޭ: އާދަމް ޝަރީފް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރީއަތްތައް ލައިވްނުކޮށް، އަވަސް އަރުވާލައިގެން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާތީ އެ މައްސަލަ ކަމާއި ބެހޭ އިދާރާތްތަކުން ތަހުގީގު ކުރަންޖެހޭކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ފެށުމާއި އެކު ޝަރީއަތް ލައިވް ކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި އެވެ. އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަކި ހިސާބަކުން ލައިވް ކުރުމަކީ އެއީ އެމަނިކުފާނާއި، ގާނޫނީ ޓީމުގެ ކަންބޮޑުވުމެކެވެ. މިއީ ރާއްޖޭގެ ރައްޔިތުންނާއި ގުޅިފައިވާ މައްސަލައަކަށްވުމާއި، ކުރީގެ ރައީސެއް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓުގެ މައްޗަށް ހިންގާ ޝަރީއަތެއްކަމުން އެންމެ އިންސާފުވެރި ގޮތަކީ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރުންކަމަށް ރައީސް ޔާމީންގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް އޮތް ދެ ހަފްތާގައި ކުރިޔަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ތާވަލު ކުރުމާއި އެކު އަނެއްކާވެސް އުފެދިފައިވާ ސުވާލަކީ އަޑުއެހުންތައް ލައިވް ކުރާނެ ތޯ އެވެ. އެ ހުށަހެޅުމަށް މައްސަލަ ބައްލަވާ ގާޒީ އަދި ގޮތެއް ނިންމަވާފައި ނުވެ އެވެ. ކުރީގެ މައްސަލައިގެ އަޑުއެހުންތައް ވެސް ލައިވްކޮށްފައި ނުވަނީ، ކޯޓުގައި އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތްކަމަށް ބުނެ އެވެ. އެހެންވެ ސަންގު ޓީވީ އާއި، ޗެނަލް 13 އިން އެ ޝަރީއަތްތައް ލައިވް ކުރުމަށް ވެސް ހުށަހެޅި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުތަކާއި، އަދި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އާދަމް ޝަރީފް ވިދާޅުވީ ފުއްގިރި މައްސަލަ ކުރިޔަށް ގެންދާ ގޮތުން ރައީސް ޔާމީންގެ ހައްގުތައް ގެއްލިގެން ދާ ކަމަށެވެ.

ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދިއުމުގެ ބޭނުމެއްކަމަށް އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ. އެހެންވެ މި މައްސަލަ ލައިވް ނުކުރާ މައްސަލަ، ކަމާއި ބެހޭ އިދާރާތްތަކުން ބަލައި ތަހުގީގު ކުރުމަށް އާދަމް ޝަރީފް ގޮވާލި އެވެ.

ކޯޓުގެ ތާވަލުގައި ވާގޮތުން، މައްސަލައިގެ ޝަރީއަތުގެ މަރުހަލާ އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ. އަދި ހެކި ބަސް ނެގުމުގެ އަޑުއެހުންތައް ޖެހިގެން އަންނަ ހަފްތާގައި ކުރިޔަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ތާވަލާއި އެއްގޮތަށް ހެކި ބަސް ނެގުމުގެ މަރުހަލާ ކުރިޔަށް ގޮސްފިނަމަ، އެބައި ދެ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ގާޒީ ލަފާކުރައްވަ އެވެ. އެއަށް ފަހު މައްސަލައިގައި ދެން އޮންނާނީ ހެކި ބަހާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފަހު، ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ. ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުކުމް އޮންނާނީ އޭގެ ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: