ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީނަށް ހުކުމްކުރުމުގެ އަޑުއެހުން ފަސްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ފުއްގިރި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ބުނެ ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލައިގައި ހުކުމްކުރުން ފަސްކޮށްފިއެވެ.

ރ. ފުއްގިރީގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމަށް ބުނެ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގައި މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމިފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އިއުލާންކުރެއްވީ ހުކުމް އިއްވުން މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށެވެ.

އެހެންނަމަވެސް، ކްރިމިނަލް ކޯޓުން މިއަދު ”ސަންގަށް“ ބުނެފައިވަނީ، ގާޒީ މައްސަލަ އިތުރަށް ދިރާސާކުރައްވާތީ އެ މައްސަލަ މާދަމާއަށް ތާވަލުނުކުރަން ނިންމާފައިވާ ކަމަށެވެ. މައްސަލަ ދެން ތާވަލުކުރާނެ ތާރީހެއް ކޯޓުން ހާމަކޮށްފައި ނުވެއެވެ.

ފުއްގިރި މުއާމަލާތަކީ ރައީސް ޔާމީނަށް ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ މަގުސަތުގައި ކުރިއަށް ގެންދި މުއާމަލާތެއް ކަމަށާއި އެ މުއާމަލާތުން ލިބުނު ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭ ގޮތަށް މުއާމަލާތް ހިންގަން މަސައްކަތްކުރި ކަމަށް ދައުލަތުން ބުނެއެވެ. އެހެންނަމަވެސް، އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ބުނެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ ޑޮލަރު މާރުކުރުމުގެ ސައްހަ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށެވެ.

އެ މައްސަލާގައި އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލި ރިޝްވަތު ހިފުމުގައި މެދުވެރިއަަކަށް ވުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ. އަދި ސަން ކޮންސްޓްރަކްޝަން އަދި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުނުވުމުން، ހައި ކޯޓުގައި އިސްތިއުނާފްނުކޮށް ދައުލަތުން ވަނީ އެ މައްސަލަ ދޫކޮށްލައިފައެވެ.

ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ނިމުމަކާ ގާތްވެފައިވާއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގައި ޝަރީއަތް ވެސް މިހާރު ކްރިމިނަލް ކޯޓުގައި އަލުން ފަށައިގެން ދަނީ ހިނގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: