ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުވެތިކަމުގައި ތެރޭގައި ތިބުމަކީ އިންސާނުންގެ ތަބީއަތުގައި ހުންނަ ކަމެއް ނޫން، އެގޮތަށް މުއިއްޒުއަކަށް ވޯޓެއް ނުލިބޭނެ: ރައީސް ޔާމީން

އައްޑޫގައި ބޭއްވި ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

އަޅުވެތިކަމުގައި ތެރޭގައި ތިބުމަކީ އިންސާނުންގެ ތަބީއަތުގައި ހުންނަ ކަމެއް ނޫންކަމަށާއި އަޅުވެތިކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވޯޓެއް ނުލިބޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޓައުންހޯލް ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އަޅުވެތިކަމަކީ އިންސާނުންގެ ތަބީއަތުގައި ހުންނަކަމެއް ނޫންކަމަށާއި އެއީ މާކުރިން ގަދީމީ ޒަމާނުގައި ކުރަމުން އައި ކަމެއް ކަމަށެވެ. އަދި ރައްޔިތުން އަޅުވެތިކޮށްގެން ރައީސް ޑރ. މުއިއްޒުއަށް ރައްޔިތުންގެ ވޯޓެއް ނުލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ، މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގައި ބިރު ދައްކަމުން ގެންދާކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލަށް ނުކުމެއްޖެނަމަ ވަޒީފާތަކުން ކަނޑާނެކަމުގެ އިންޒާރު ޒުވާނުންނަށް ދިންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އިންސާނުންގެ ތަބީއަތުގައި ހުންނަ ކަމެއް ނޫން އަޅުވެތިކަމުގެ ތެރޭގައި ތިބޭ ތިބުން އެއީކީ. އެއީ ގަދީމީ ޒަމާނުއްސުރެ އެކަން އޮތްގޮތް. އެހެންވީމަ ބިރު ދައްކައިގެން، ވަޒީފާގެ ބިރު ދައްކައިގެން ބިރުވެތިކަމުގެ ތިބެގެން އަޅުވެތިކުރުމަށް ކުރާ މަސައްކަތުން މުއިއްޒުއަށް ވޯޓެއް ނުލިބޭނެ،“ ރައީސް ޔާމީން

އެހެން ނަމަވެސް، ހުރިހާ ހުރަސްތަކަކާއި އިންޒާރުތަކަކާއެކުވެސް އައްޑޫއިން ކީ މަރުހަބާ އަކީ ހިތުން ފިލައިގެންދާނެ މަރުހަބާއެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ޔާމީން ވިދާޅުވީ، މިވަގުތު އެމަނިކުފާނު ހުންނެވީކީ ރައްޔިތުންނަށް މާބޮޑު ޚިދުމަތެއް ކޮށްދެވޭނެ ހާލަތެއްގައި ނޫންކަމަށެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި އައްޑޫ ސިޓީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާނެ ކަމަށާއި އެމަނިކުފާނާއި އައްޑޫގެ ތަރައްގީއާ ވަރަށް ބޮޑަށް ގުޅިފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން އައްޑޫ އަތޮޅުގައި ގޮލްފް ކޯސްއެއް ހަދައިގެން ޓުއަރިޒަމް އިންޑަސްޓްރީއަށް މަސައްކަތްތަކެއް ކުރެއްވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީއަށް މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޔާމީން އައްޑޫ ސިޓީގެ އެކި އަވަށްތަކުގެ އިތުރުން ވަކިން އޮންނަ ހުޅުދޫ އަދި މީދޫއަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޓައުންހޯލް ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޕީއެންއެފް އަށް މެންބަރުން އިތުރުކުރުމެވެ. މި ދަތުރުގެ ތެރެއިން ޕީއެންއެފްގެ ހާއްސަ ޖަލްސާއެއް ބޭއްވުމުގެ އިތުރުން، އެ ޕާޓީގެ ބައެއް އޮފީސްތައް ރަސްމީކޮށް ހުޅުވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: