ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައަކަށް މަގުފަހިވެދާނެ ވާހަކަތައް ރައީސް ސާލިހު މޮރިޝަސްއަށް ފޮނުވި ސިޓީގައި އެބަހުރި: ތާރިގު

މަހިބަދޫ ދާއިޜާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ މޮރިޝަޝްއަށް ފޮނުވި ސިޓީގައި ޑިއޭގޯ ގާސިޔާ ސަރަހައްދަށް ރާއްޖެ މެދުވެރިކޮށް ދެވޭނެ ގޮތް ހަދާދޭނެކަމަށް ބުނެފައިވާކަމަށާއި، ހަނގުރާމައަކަށް މަގުފަހިވެދާނެ ވާހަކަތައް އެ ސިޓީގައި އެބަހުރިކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގުވިދާޅުވެއްޖެއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ޗާގޯސްގެ މައްސަލައާއި ގުޅިގެން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ މޮރިޝަސްއިން މި މައްސަލައިގައި ވަކަލާތުކުރައްވަމުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ މޮރިޝަޝްއަށް ފޮނުވި ސިޓީގައި ޑިއޭގޯ ގާސިޔާ ސަރަހައްދަށް ރާއްޖެ މެދުވެރިކޮށް ދެވޭނެ ގޮތް ހަދާދޭނެކަމަށް ބުނެފައިވާކަމަށް ފާހަގަކުރިކަމަށެވެ.

އެމެރިކާގެ މިލިޓަރީ ބޭސް އޮތް ތަނަކަށް ސާވޭ ކުރުމަށް މޮރިޝަޝްގެ ބޮޑު ވަޒީރާ، މޮރިޝަޝްއިން ފޮނުވާ ސާވޭ ޓީމް ދިވެހިރާއްޖެ ތުރޫކޮށް އައްޑޫ ކޮޅުން ފޮނުވައިދޭނެކަމަށް. މިކިއަނީ މިލިޓަރީ ބޭސްއަކާއި ދޭތެރޭ ދިވެހިރާއްޖޭ ހަނގުރާމައެއް އުފެދިދާނެ ހާލަތެއް ހިނގައިދާނެކަމަށް އެ ސިޓީގައި އޮތްކަމަށް އިޓޮލޮސްގައި މޮރިޝަސް ވަކާލާތުކުރި.

ތާރިގު ވިދާޅުވީ މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ލޯ އޮފް ދަ ސީސް (އިޓްލޮސް) ގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ މިލިޓަރީ ބޭސް އޮތް ތަނަކަށް ސާވޭ ކުރުމަށް މޮރިޝަޝްގެ ބޮޑު ވަޒީރާ، މޮރިޝަޝްއިން ފޮނުވާ ސާވޭ ޓީމް ދިވެހިރާއްޖެ ތުރޫކޮށް އައްޑޫ ކޮޅުން ފޮނުވައިދޭނެކަމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

އޭނާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރާއްޖެއަށް ގައްދާރުނުވާކަމަށް ކަނޑައެޅޭނެ އެއްވެސް ހާލަތެއް ދެން ނާންނާނެކަމަށެވެ. މި މައްސަލައިގައި އިޓްލޮސް އިން މިހާރު ނިންމާފައިވާ ނިންމުން ނިންމާފައިވާއިރު، އެއިން ދޭހަވާ ގޮތުގައި ރާއްޖެއިން ވަނީ ދިފާއަށް ނެގި ހުރިހާ ކަންތައްތަކެއް ދޫކޮށްލާ ހިސާބަށްކަމަށް ތާރިގު ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ނަގަމުން އަންނަ ދިފާއުއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސްއަށް ނޯންނާނެކަމަށްކަމަށާއި، އަދި އިނގިރޭސި ވިލާތުން ފާހަގަކޮށްފައިވާ ގޮތުގައި މޮރިޝަސްއަކަށް ދުވަހަކުވެސް ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަމަށް ނުލިބޭނެކަމަށް ތާރިގު ވިދާޅުވިއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: