ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޮޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ސަފާ އައްޔަން ކުރަން ރުހުންދީފި

ސަފާ ޝަފީޤް / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރު ކަމަށް ސަަފާ ޝަފީގު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރެއިން ކޮމިޓީން ދިރާސާކުރުމަށްފަހު ތަޅުމަށް ފޮނުވި ދެނަމަށްވެސް ވަނީ ވޯޓަށް އަހާފައެވެ. އެދެ ނަމަކީ ސަފާ ޝަފީގާއި ޝިހާމް މުހައްމަދު ވަހީދެވެ.

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަފާ އައްޔަން ކުރެވުނީ 40 މެމްބަރުންގެ ވޯޓާއި އެކުގައެވެ. އަދި ޝިހާމް މުހައްމަދު ވަހީދަށް 7 ވޯޓް ލިބުނު އިރު އޭނާ އާއި ދެކޮޅަށް 31 މެމްބަރަކު ވަނީ ވޯޓް ދީފައެވެ.

ބްރޯޑްކޮމް އަށް މެމްބަރަކު އައްޔަން ކުރުމަށް މަޖިލީހަށް ރުހުން ހޯދުމަށް ނަން ފޮނުވާފައިވަނީ  ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އަމްޖަދު އިބްރާހިމްގެ މެމްބަރު ކަމުގެ މުއްދަތު ހަމަވުމާއި ކޮމިޝަންގެ ނައިބު ރައީސް ކަމުން އަހުމަދު ގައިސް ވަކިވުމާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: