ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް ފޮނުވައިފި

މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ ގައި މަޖިލީހުގެ އަމީން އާއްމު އިއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޓީގައި ވިދާޅުވެފައިވަނީ ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަން ކުރުމަށް އާންމުކޮށް އިއުލާން ކުރުމުން ކުރިމަތިލި މީހުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދެއްވާ ތަރުތީބުން ނަންތައް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަންކުރަން ސަރުކާރުން ނިންމީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެ ކޮމިޝަންގެ މެމްބަރު އަހުމަދު ގައިސް އިސްތިއުފާ ދެއްވުމުންނެވެ.

ގައިސް އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ވަގުތު ހުސް ކުރުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބްރޯޑްކޮމަށް ކުރިމަތިލި މެމްބަރުންގެ ތެރޭގައި ހިމެނެނީ:

 އައިމިނަތު ނުޒުހާ، ރިވޯޑް، ހއ. ހޯރަފުށި

 ހުސެއިން އަމްރު، ވ. ރޯޝަން

 ޝާން ސޯލިހު މުހައްމަދު، ފިނިވާދީ، ދ. ކުޑަހުވަދޫ

މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގޭ، ގދ. ތިނަދޫ

މަރިޔަމް މުނާ، ބޯގަންވިލާ، ސ. ފޭދޫ

ބްރޮޑްކާސްޓިންގ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުމަށް ރައީސް ސާލިހު ހުށަހެޅި ފަސް ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: