ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމުގައި، ސައީދު ހެކި ބަސް ދެއްވަނީ/ ފޮޓޯ: ޝަރީއަތުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުއްޔަށްދިނުމާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ނުކުރާ މައްސަލައަށް ހައްލު ހޯދުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށައަޅުއްވައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރުމާއި އަދި ހަތްކާއި ބެހޭ މައްސަލައެއް ސްޕްރީމް ކޯޓުގައި އިސްތިއުނާްފުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށައަޅާފައިވާކަމަށެވެ.

މަޖިލީހަށް މި މައްސަލަ ހުށައަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވެފައިވަނީ ރ ފުއްގިރި ކުއްޔަށްދިނުމާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ހިންގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަން ނުކުރައްވައި، ޝަރީއަތް ކުރިއަށް ގެންދާތީ ކަންބޮޑުވާކަމަށވެެ. އަދި އެ ޗަރީއަތުގެ ހެއްކާއި ބެހޭ މައްސަލައެއް ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވަނިކޮށް، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކްރިމިނަލް ކޯޓޫން އެ މައްސަލަ ނިންމުމަށް ތައާވަލުކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށް އާދަމް ޝަރީފް ފާހަގަކޮށްފައިވެއެވެ.

މިއީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓޫގައި އިސްތިއުނާފުކުރި މައްސަލައިން ލިބިދާނެ ހައްގަށް އުނިކަމެއް އަތުވެދާނެކަމެއްކަމަށް ވިދާޅުވެ އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރ ފުއްގިރީގެ މައްސަލައިގެ ޝަރީއަތް ވަރަށް ގާތް ގާތުގައި ބާއްވާ ހެކި ބަސް ނެގުމުގެ އަޑުއެހުންތައް ވެސް ވަރަށް ކައިރިކައިރީގައި ބާއްވަން ނިންމާފައިވާއިރު، ހެކިބަހާއި ގުޅޭ ގޮތުން ވާހަކަދެއްކުމުގެ އަޑުއެހުމާއި، ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމަކަށްފަހު ދެން އޮންނާނީ ހުކުމްކުރުންކަމަށް މައުލޫމާތު ލިބިފައިވާކަންވެސް އާދަމް ޝަރީފް ވަނީ ފާހަގަކޮށްފައެވެ.

ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބެންވާނެކަމަށާއި، އަދި އެމީހަކު އިހުތިޔާރުކުރާ ގާނޫނީ ވަކީލަކާއި މަޝްވަރާކުރުމަށް ފުރުސަތު ދޭންވާނެކަމަށް ބަޔާންކުރެވިފައިވާކަމަށް ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވެފައިވަނީ، ކްރިމިނަލް ކޯޓުގައި9 ކުރިއަށްދާ އެހެނިހެން މައްސަލަތަކާއި ހިލާފަށް ރައީސް ޔާމީންގެ ޝަރީއަތްތައް ފުލުފުލުގައި އައާވަލުކުރެވިފައިވަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ)  އާއި ހިލާފަށްކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: