ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީޑިންގ ނުނަގައި ބިލް ބޮޑުކުރި ކަމަށް ބުނެ ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހައެއް: ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރީޑިންގ ނުނަގައި ކަރަންޓް ބިލް ބޮޑުކުރި ކަމަށް ބުނުމަކީ އެއްވެސް އަސާސެއް ނެތް ވާހަކަ އެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހުސްވި އޭޕްރިލް މަހުގެ މާލޭގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން އާއްމުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހޫނުގަދަވުމުގެ ސަބަބުން ގޭބިސީތަކުގެ ކަރަންޓް ބިލު ހުސްވި އޭޕްރިލް މަހުގައި ބޮޑުވާނެ ކަމަށް ސްޓެލްކޯ އިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެހެން ދިމާވަނީ ކަރަންޓް ބޭނުން ކުރެވޭ މިންވަރު އިތުރުވެފައިވާތީ ކަމަށާއި މާލޭގެ ލޯޑް ހިފެއްޓުމަށް ސްޓެލްކޯ އިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ. އެހެން ކަމުން ނިމިދިޔަ އޭޕްރިލް މަހުގައި އެވްރެޖް ކޮށް ހުރިހާ ގޭބިސީ އެއްގެ ކަރަންޓް ބިލު ވަނީ ބޮޑުވެފައެވެ.

ކަރަންޓް ބިލު ބޮޑުވުމާއި ގުޅިގެން އާއްމުންގެ ތެރެއިން ބައެއް މީހުން ވަނީ ރީޑިންގ ނުނަގައި ބިލު ހެދިކަމުގެ ތުހުމަތު ސްޓެލްކޯ އަށް ކޮށްފައެވެ. އަނެއްބަޔަކު މިހާތަނަށް ބިލު ބޮޑު ނުވާ މިންވަރަށް ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

އޭޕްރިލް މަހުގެ ފަހުކޮޅު އެވްރެޖް އެނަރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވުމާއި ބެހޭ ގޮތުން ސްޓެލްކޯ އިން ވަނީ މީޑިއާ އަށް މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނެފައިވަނީ މިއަހަރުގައި ކުރިމަތިވި އެންމެ ހޫނު ގަދަ ދުވަސްވަރާއި ދިމާވީ އޭޕްރިލް މަހުގެ ފަހުކޮޅުގައި ކަމަށެވެ. އެ ދުވަސްވަރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މާލެއާއި ހުޅުމާލެ ހިމެނޭ ހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ހުސްވި މަހުގައި ވަނީ ރިކޯޑް އަދަދަކަށް މައްޗަށް ގޮސްފައެވެ. އަދި އޭޕްރިލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި ފީޑްލޯޑް 102 މެގަވޮޓަށް ވުރެ މައްޗަށް އަރައިފައިވާ ކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ކަރަންޓް އިގްތިސާދު ކުރުމަށް ސަމާލު ވުމަށްވެސް ސްޓެލްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން އާއްމު ގޭބިސީތަކާއި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކާއި ސްކޫލްތަކާއި ކުދި އަދި ބޮޑެތި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓް ބޭނުންކުރުމަށް ވެސް ސްޓެލްކޯ އިން މީގެ ކުރިން އިލްތިމާސް ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: