ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްއާ ދެކޮޅަށް ނިކުންނަން އަރބަންކޯ ވޮލީ ޓީމް ތައްޔާރަށް!

ކްލަބް އަރބަންކޯގެ ޓީމާއި ޖާޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އާބަންކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން ބާއްވާ އިންޓަ އޮފީސް ވޮލީބޯލް މުބާރާތް ފަށާފައިވާއިރު، މި މުބާރާތުގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެފި އެވެ.

ދެވަނަ މެޗުގައި މިރޭ ވާދަކުރުމަށް ހަމަޖެހިފައި ވަނީ ކްލަބް އަރްބަންކޯ އިން އެމްޕީއެލްއާ އެވެ.

އާބަންކޯއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ކްލަބް އަބަންކޯގެ ޓީމުން މި މި މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން 14 ޕްލޭޔަރުންގެ ޓީމުގައި ރާއްޖޭގައި ވިދާލާ ވޮލީބޯޅަ ކުޅުންތެރިން މި ޓީމުގައި ހިމެނޭކަމަށް ފާހަގަކުރި އެވެ. އޭގެތެރޭގައި ގައުމީ ވޮލީ ބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހަންމަދު، ގައުމީ ޓީމުގެ ސެންޓަރ ބްލޮކަރ ފައިރޫޒް، ބީޗް ވޮލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޝަމާއިލް ހުސައިން އަދި، ބީޗް ވޮލީ ގޯލްޑް މެޑަލިސްޓް އިސްމާއިލް ސާޖިދު ހިމެނޭކަމަށް އާބަންކޯއިން މައުލޫމާތު ދެ އެވެ. މި ވަރުގަދަ ޓީމުގެ ކޯޗުކަން ކޮށްދެނީ ގައުމީޓީމުގެ ހެޑް ކޯޗް މުހަންމަދު ސާޖިދެވެ.

ގްރޫޕް ސްޓޭޖުގައި ކްލަބް އަބަންކޯއިން ކުޅެން ހަމަޖެހިފައި ވަނީ 4 މެޗެވެ. އެއީ މިރޭ އެމްޕީއެލް އާ ދެކޮޅަށް ކުޅޭ މެޗް، ބުދަ ދުވަހު އެމްއޭސީއެލްއާ ދެކޮޅަށް ކުޅޭ މެޗު އަދި ބުރާސްފަތި ދުވަހު އެމްޕީއެސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރަށް ހޮނިހިރު ދުވަހު ސްޓެލްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައ ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގައެވެ.

މި މުބާރާތުގެ މައިގަނޑު މަގްސަދެއްކަމަށް އާބަންކޯއިން ބުނީ އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި، ވާދަވެރި މަޖާ އަދި އެކުވެރި މާހައުލެއް ގާއިމްކޮށް، ގުޅުން ބަދަހިކުރުމެވެ.

މީގެއިތުރުން ހުޅުމާލެ އަކީ އަރބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، ޒުވާނުން ކުރިއެރުވުމާއި، ކުޅިވަރު ހަރަކާތްތަކަށް ފުރުސަތު ލިބޭނެ ތަނެއްގެ ގޮތުގައި ހުޅުމާލެ ހެދުމަށް މިހާރު ވެސް ގިނަ ކަންތައްތަކެއް ކުރެވިފައިވާކަމަށް ވަނީ ބުނެފަ އެވެ. އާބަންކޯއިން ބުނީ ވޮލީބޯލް އެސޯސިއޭޝަނުން އިންތިޒާމްކުރާ މި މުބާރާތުގެ ޕާޓްނަރއެއްގެ ގޮތުގައި އެއްބާރުލުން ދިނުމަކީ ވެސް އޭގެ ތެރެއިން ކުރެވޭ މަސައްކަތެކަމަށެވެ. އަދި މި ނޫންވެސް ގިނަ ކަންތައްތަކެއް ކުންފުނުން ކުރަމުން އަންނައިރު، އޭގެ ތެރޭގައި ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވޮލީ ދަނޑުތަކާއި، ބާސްކެޓް އަދި ފުޓްބޯލް ދަނޑުތަކުގެ އިތުރަށް އެކި ކުޅިވަރު ފެސިލިޓީވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: