ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ހާއްސަ ސްކޮލަޝިޕަށް ހުޅުވާލައިފި

އޭލެވެލް އިމްތިހާނެއްގައި ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންތަކެއް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާބު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައީސްގެ ހާއްސަ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާ އަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހަރަދު، އެ ސްކޮލަރޝިޕާއި ބެހޭ އުސޫލުގައިވާ ގޮތުގެ މަތިން ހަމަޖައްސާނީ ސަރުކާރުންނެވެ.

ރައީސްގެ ހާއްސަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގެ ސްކޫލް ނުވަތަ މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2022 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށް ވުމާއި، އިސްލާމް އަދި ދިވެހި މާއްދާ ހިމެނޭހެން 5 މާއްދާއިން އޭ ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާ އަކުން އޭ ސްޓަރ ހާސިލްކޮށްފައިވުން ހިމެނެއެވެ.

މީގެ އިތުރުން އައިޖީސީއެސްސީ / ޖީސީއީ އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީ ފާހުން މަތީ ގްރޭޑެއް ލިބިފައިވުމަކީ ވެސް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސްގެ ހާއްސަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުންގެ ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށް އެކަމަށް ބޭނުންވާ ލިޔުންތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅަން ޖެހެނީ އެކަމަށް ހާއްސަ ޕޯޓަލް ކަމަށްވާ https://myedu.egov.mv މެދުވެރިކޮށެވެ.

ޝަރުތު ފުރިހަމަވާ ދަރިވަރުން ހުށަހަޅަންޖެހޭ ލިޔުންތަކަކީ:

  • ޖީސީއީ އޭލެވެލް ނުވަތަ ޝަހާދީ ސާނަވީ ސެޓްފިކެޓްތަކުގެ ދެފުށުގެ ކޮޕީ
  • ޖީސީއީ އޯލެވެލް އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސި މާއްދާއިން ސީ ފާހަށް ވުރެ މަތީ ގްރޭޑެއް ލިބިފައިވާ ކަން އަންގައިދޭ ސެޓްފިކެޓްގެ ދެފުށުގެ ކޮޕީ
  • މުއްދަތުހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ
  • މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީ
  • ޔުނިވަރސިޓީ (ކޯހުގެ) ފީ ސްޓްރަކްޗަރ (ލިބިފައިވާނަމަ)
  • އަންކޮންޑިޝަނަލް އޮފަރ ލެޓަރ (ލިބިފައިވާނަމަ)
  • ޔުނިވަރސިޓީ ޕްލޭސްމަންޓާއި ގުޅޭ ލިޔުންތައް (ލިބިފައިވާނަމަ)

މި ސްކޮލަރޝިޕްގެ އުސޫލުގައި އޮންނަ ގޮތުން ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމްކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދިއުމަށް އަވަސްކުރުމަށް ސަމާލުކަން ދިނުމަށް ހަޔަރ އެޑިއުކޭޝަނުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: